މުޙައްމަދު މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2018/HC-A/234
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
21/07/19

ކަނޑައެޅުނު އުސޫލު

  1. (ހ) ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (މ) ގައި ބަޔާން ކުރާ ހެއްކަކީ ސިމިލަރ ފެކްޓް އެވިޑެންސް (evidence fact similar ) ކަމާއި، ސިމިލަރ ފެކްޓް އެވިޑެންސަކީ، އަބަދަށް މެ މުއްތަހަމަށް ގެއްލުން ހުރި (prejudicial always) ބާވަތެއްގެ ހެއްކެއް ނަމަވެސް، ޤާނޫނު ނަންބަރު 12/009 (ކުޑަކުދިންނަށް ޖި ންސީ ގޯނާކުރާމީހުން ނާއިމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ އެއް މަޤްޞަދަކީ ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތު ކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުންކަން އެޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އެނގެން އޮތުމުން ، އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލެއް ހިންގި މީހެއްކަން ސާބިތުވެފައިވުން އެއީ އޭގެ ޒާތުގައި ހެއްކެއްގެ ގޮތުގައި މިޤާނޫނު ބަލައިގަންނަ ހެއްކެއްކަމާއި، ވީމާ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ކުރެވޭ ދަޢުވާތައް ސާބިތު ކުރުމަށް މިބާވަތުގެ ހެކި ހުށަހެޅި ޤަބޫލު ކުރެވޭނެ ކަން.

    ޖިންސީ ޢަމަލަކީ، އަތްލުން ކަމަށްވާނަމަ، ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައި ކުޑަކުއްޖެއްގެ ގައިގާ އަތްލާ ކޮންމެ ފަހަރަކީ ޤާނޫނުން ކަނޑައަޅާ ވަކި ކުށެއްކަމާއި، އެޢަމަލު ހިންގުނު ކުއްޖަކީ ތަފާތު ދެ ކުއްޖަކަށް ވާން ނުޖެހޭކަމާއި، އިސްތިއުނާފު ކުރާ ފަރާތުން، ދަޢުވާގައި ބަޔާން ކުރާ ކުޑަކުއްޖާއާއެކު ތަފާތު އެކި ފަހަރު މަތިން ޖިންސީ ޢަމަލު ހިންގާފައި އޮތްކަން އެނގެން އޮތުމުން، އެއިން ކޮންމެ ފަހަރަކީވެސް ޤާނޫނު ބަޔާން ކުރާ ކުށުގެ މައްޗަށް ވަކި ވަކި ތަޙްޤީޤެއް ކޮށް ވަކި ދަޢުވާއެއް ކުރެވިދާނެ ވަކި ކުށެއްކަން.

    (ށ) ކުޑަކުއްޖާ ދިރިއުޅޭ މާހައުލެއްގެ ގޮތުން ނުވަތަ އެނޫންވެސް އުޛުރަކަށްޓަކައި، މިބާވަތުގެ ޢަމަލެއް ކުޑަކުއްޖަކާމެދު ފުރަތަމަ ހިންގޭ ދުވަހު އެކުއްޖާއަށް އެވާހަކަ އެހެން މީހަކާ ޙިއްޞާކުރަން ނުކެރިދާނެކަމާއި، ނަމަވެސް ސިލްސިލާ ގޮތެއްގައި ތަކުރާރުވަމުން އަންނަ މިބާވަތުގެ ކަމެއްގެ ވާހަކަ ފުރަތަމަ ދުވަހު ނުބުނެ އޮތުމަކީ، އެކަމެއް ތަކުރާރު ކުރުމާއި ވިދިގެން ކިޔައިދޭ ދިނުން، 47 ވަނަ މާއްދާގެ (އ) ގެ ދަށަށް ނުގެނެވޭނެ ސަބަބެއް ނޫންކަމާއި، މިގޮތުން މިފަދަ ޢަމަލެއް ތަކުރާރު ވަމުންދާނަމަ، އެންމެފަހުން އެކަމެއް ތަކުރާރުވި ވަގުތާއި ގުޅުވައި މުއްދަތު ބަލާއިރު، އެންމެ ފަހުން އެޙާދިސާ ހިނގިވަގުތާއި އެވާހަކަ ކިޔައިދޭ ވަގުތާއި ދެމެދު މާ ދިގު މުއްދަތެއް ފާއިތުވެފައި ނެތްނަމަ، 47 ވަނަ މާއްދާގެ (އ) ގެ ބޭނުމަށް ޤަބޫލު ކުރެވޭނެ ކަން.

    (ނ) ދަށު ކޯޓުން ބަލައިގެންފައިވާ ހެކިތަކަށް ބަލާއިރު 47 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖިންސީ ޢަމަލު ކުޑަކުއްޖަކާމެދު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމުގެ ގޮތުގައި، މެޑިކޯލީގަލް ރިޕޯޓް ބަލައިގެންފައިވާއިރު، އެރިޕޯޓުން ކުއްޖާގެ ބިކުރު ކެނޑި، ކުރިމަ ތިފަރާތު ދޮރާއި ދިމާލުން ވަކި އެޅި ހަލާކުވެފައި އޮތްކަން އެގެން އޮންނަކަމާއި، އެމާއްދާގެ (ވ) ގެ ދަށުން، ކުޑަކުއްޖާ ކިޔައިދިންއެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީގޮތުން ފާހަގަވާން ހުރި ކަންކަމަށްބަލާއިރު، ކުޑަކުއްޖާގެ ކުރިމަތީ ފަރާތަށް އިގިނލި ކޮށްޕައި ހެދިކަމަށް ބުނެފައިވާއިރު، ކުޑަކުއްޖާގެ ކުރިމަތިފަރާތު ދޮރު ކައިރީގައި ވަކި އެޅިފައިވާކަމަށް ޑޮކްޓަރު ފާހަގަ ކުރައްވާފައިވާތީ މިކަންކަން ދިމާވާކަން އެ ނ ގެން އޮންނަކަމާއި، ބަޔާންވެދިޔަ ދެ އަކުރުގެ ދަށުން ހެކި ބަލައި ގަނެފައިވަނީ ރަނގަޅަށް ކަން އެނގެން އޮންނަކަން.

    (ރ) ޖިނާއީ ކުށެއް ސާބިތު ކުރުމުގެ ޢާންމު އުޞޫލުން މިދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ މިންވަރަށް ސާބިތުވާ ވަރުގެ ހެކި ލިބިފައިވޭތޯކަމާއި، މިޙާލަތުގައި ހެކި ވަޒަން ކުރެވޭނީ ޢާންމު އުޞޫލުން ކަމަށްވާތީ، ހެކިބަސް ޤަބޫލު ކުރުމުގައި ނުވަތަ ހެކި ބަލައިގަތުގައި ބަލަންޖެހޭ ޢާންމު އުޞޫލުތަކަށް ބަލަންޖެހޭނެކަމާއި، ވީމާ، އަނިޔާ ލިބުނު ކުއްޖާގެ މަޞްލަޙަތުގައި އެކުއްޖާއާ ތިމާގެ ކަމުގެ ސަބަބުން ހެކިބަސް ޤަބޫލު ނުކުރެވޭ މިންވަރަށް ގާތްތިމާގެ މީހުން ދޭ ހެކި ބަހަކީ ފުރިހަމަ ހެކި ބަހެއް ކަމުގައި ނުބެލެވޭނެކަމާއި،

    ކުޑަކުދިންގެ ހެކިބަސް ބަލައިގަތުމުގައި ޢަމަލުކުރަންޖެހޭ ހަމަތަކަށް ބަލަންޖެހޭނެކަމާއި އަދި ހަމަ އެކުއްޖާގެ މަސްލަޙަތުގައި އެކުއްޖާ ހެއްކެއްގެ ގޮތުގައިކިޔައިދޭ ދިނުން އެއީ ފުރިހަމަ ހެއްކެއް ކަމުގައި ނުބެލެވޭނެކަމާއި، ނަމަވެސް މާއްދީ ގޮތުން އެކުއްޖާއަށް ދިމާވެފައިވާ ކަންކަމާއި ޑޮކްޓަރީ ގޮތުން ހޯދޭ ހޯދުންތަކަކީ ފުރިހަމަ ހެކިކަމާއި، އަދި ފޮރެންސިކް ތަހުލީލުތަކުން ފެންނަ ފެނުންތަކާއި ކުއްޖާއަށް ކުރިމަތިވެފައިވާ ކަންތައްތަކާއި ގުޅިގެން ދާ ދިއުން އެއީ ފުރިހަމަ ހެކިކަމާއި، އަދި އެކުއްޖާއަށް ނަފްސާނީގޮތުން ދިމާވެފައިވާ ކަންތައްތަކާއި ޖިންސީ އަނިޔާގެ ސަބަބުން ދިމާވެދާނެ ކަންތައްތައް، ސައިކޮލޮޖިސްޓަކު ނުވަތަ ސައިކިއޭޓްރިސްޓަކު ކިޔައިދޭ ކިޔައިދިނުމާއި ގުޅިފައިވާނަމަ އެއީވެސް ފުރިހަމަ ހެކި ކަން

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ