ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން އިސްހާޤު

ޤަޟިއްޔާ ނަންބަރު:
2019/HC-A/643
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
04/07/24

ފަނޑިޔާރުން

މުޙައްމަދު ފައިޞަލް (ރިޔާސަތު)، މުޙައްމަދު ނިޔާޒު، ޙުޒައިފާ މުޙައްމަދު

މައްސަލައިގެ ޚުލާސާ

  1. މި މައްސަލައިގައި ކުޑަކުއްޖަކަށް ޖިންސީ ޢަމަލެއް ހިންގާފައިވާތީ ދަައުވާ އުފުލިއެވެ. ކްރިމިނަލް ކޯޓުން ނިންމެވި ދަޢުވާ ސާބިތުނުވާކަމަށެވެ. ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގެ އަޣްލަބިއްޔަތުން ނިންމެވީ، ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނަގައިފައި ނުވާތީ، ކުއްޖާގެ ހެކިބަސް މި މައްސަލައިގައި ނެތްކަމަށެވެ. ވީމާ، ކުއްޖާގެ ހެކިބަހުގެ ޙަޤީޤަތް މި މައްސަލައިގައި ބަލާނެ ގޮތެއް ނެތްކަމަށެވެ.

އިޝޫ

މިޒާތުގެ މައްސަލަތަކުގައި ކުއްޖާގެ ހެކިބަސް ޝަރީޢަތުން ނަގަންޖެހޭތޯ؟

ނިންމިގޮތް

މި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

ކަނޑައެޅުނު އުސޫލު

  1. 1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް މައްސަލައިގައި ހައިކޯޓުން މީގެކުރިން ކަނޑައެޅި އުޞޫލުތަކުގެ އަލީގައި މި މާއްސަލައިގައި ކުއްޖާގެ ހެކިބަސް ޝަރީޢަތުން ހޯދާފައިނުވާތީ، މައްސަލަ ސާބިތުނުވާކަމަށް.

  2. 2. ތަފާތުވި ރަޢުޔުގައި ފާހަގަކުރެއްވީ، ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނެގުން ލާޒިމް ނޫންކަމަށާއި، ކުއްޖާގެ ހެކިބަހުގެ އެތެރެއާއި ބޭރު ބެލުމަށް ހުރި ހެކިތައް ވަޒަންކުރާއިރު ކުއްޖާގެ ބަސް ޤަބޫލުކުރެވޭކަމަށް.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ