އިބްރާހީމް ޝިޔާމް ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤަޟިއްޔާ ނަންބަރު:
2015/HC-A/31
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
14/04/15

ކަނޑައެޅުނު އުސޫލު

  1. 3.3 މީހަކު މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި ޚިލާފަށް ޝަރީޢަތުގެ މަޖިލީހުގައި ހުވާކޮށްގެންހުރެ ވާހަކަ ދައްކާފިނަމަ ޝަރުއީ ހަމަތަކުގެ މަތިން އިސްކުރަންޖެހޭނީ ޝަރީޢަތުގައި ދެއްކި ވާހަކަ.

    47 ވަނަ މާއްދާގެ (ހ) އާއި އެއްގޮތަށް ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމަކީ، ޖެންޑަރ ރިޕޯރޓްކަމަށް ބަޔާންކުރައްވާފައިވާއިރު، ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި މާނަކޮށްފައިވަނީ ރަނގަޅަށްކަމަށް ބެލެވެންނެތްކަމާއި، އެހެނީ އެފަދަ އެސެސްމަންޓް ރިޕޯރޓަކީ އެ ހާދިސާއަކާއި ގުޅިހެން އެފަދަ ރިޕޯރޓެއް ތައްޔާރުކުރުމަށް މަސައްކަތްކުރާ ކޭސް ވޯކަރ އޭނާ އެއްކުރާ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އޭނާގެ ޚިޔާލު ބިނާކުރާގޮތްކަމާއި، އެހެންކަމުން އެފަދަ އެސެސްމަންޓް ރިޕޯޓަކަށް ޝަރީޢަތުން ދެއްވާ ބުރަދަން ވަޒަންކުރެވިފައިވާންވާނީ އެ ރިޕޯޓެއް އެކުލަވާލުމަށް ކޮށްފައިވާ މަސައްކަތަށާއި، އެ މަސައްކަތުން ލިބިފައިވާ މަޢުލޫމާތެއްގެ ހަރުދަނާ ކަމުގެ މައްޗަށް ބެލުމަށްފަހު، އެމިންވަރަށްކަމާއި، އެފަދަ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި، ހަމަ ކޮންމެ އެސެސްމަންޓް ރިޕޯރޓަކީ އެކަން ޝަރީޢަތުން ބުރަދަން ދޭންޖެހޭ ރިޕޯރޓެއް ނޫންކަމާއި، އަދި އެއީ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުއް" ކަމުގައި ބެލެވެން ނޯންނާނެކަމާއި،

    މިފަދަ މައްސަލަތަކުގައި ހުށަހެޅޭ ގިނަ ހެކިތަކަކީ އެފަރާތަކާމެދު ކުށުގެ ޢަމަލު ހިންގުނުކަމަށް ބުނާ ކުޑަކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާވެފައިވާ ހެކިތަކަކަށްވުމުން، އެކުށަކުއްޖާ އެ ހާދިސާ އެކިފަހަރު އަދި އެކި މަޙައްލުތަކުގައި ކިޔައިދޭ ކިޔައިދިނުމުގައި ހުންނަ ފުށުއެރުންތަކަށާއި، އަދި އެއީ ޙަޤީޤަތެއްނެތި އަލަށް އުފައްދައިގެން ދައްކަފާނެ ވާހަކައެއްކަމުގެ މައްޗަށް ބުރަވެވޭފަދަ ކަންތައްތަކެއް ހުރނަމަ އެކަންކަމުގެ މައްޗަށްވެސް ޝަރީޢަތުން ބައްލަވައި، އެކަންކަން ފުރހަމައަށް ވަޒަންކުރައްވަންޖެހޭނެކަމާއި، އައި އެގޮތުން އެކަންކަން ވަޒަންކުރައްވާއިރު، ކުށުގެ އެ ޢަމަލަކީ މުއްތަހަމު ކޮށްފައިވާ ޢަމަލެއްކަމާމެދު އެކަށީގެންވާ ޝައްކެއް ނުވަތަ ޝައްކުތަޖެއް އުފެދިފައިވާނަމަ، އެ މުއްތަހަމުގެ މައްޗަށް އެކުށް ސާބިތުވާކަމަށް ކަނޑައެޅިގެން ނުވާނެކަމާއި،

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ