ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ

ރެފަރެންސް ނަންބަރު:
SCPD-06/2022
ޝާއިޢު ކުރެވުނު ތާރީޚު:
09/10/22
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލުކުރެވިފައިވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި، ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާ މެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ، އެތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެ ޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީޢަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީޢަތަށް ހާޒިރުކުރަން ފަނޑިޔާރު ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލުކުރެވިފައިވާ ތަކެއްޗަކީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭނަމަ، އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ