ޤާނޫނު ނަންބަރު 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ނަންބަރު 40/2014 ގެ ދަށުން ޤާނޫނު ނަންބަރު 22/2010 ގެ 35 ވަނަ މާއްދާއަށް ގެނެވިފައިވާ އިޞްލާޙުގައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ދެ ސަރަޙައްދެއްގައި ހައިކޯޓުގެ ދެ ގޮފި ޤާއިމްކޮށް އެ ސަރަޙައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެކަމަށް ބަޔާންކޮށްފައިވާތީ އާއި އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ހައިކޯޓުގެ ދެ ގޮފި ޤާއިމްކުރާނެ ރަށަކާއި، އެ ދެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށް ބަޔާންކޮށްފައިވާތީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ފަސޭހަކަމާއެކު އަވަހަށް އެއްވެސް ކުރުމެއްނެތި ރައްޔިތުންނަށް އިންޞާފު ލިބިދެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ދެ ސަރަޙައްދެއްގައި، އެ ސަރަޙައްދެއްގެ ދަށުކޯޓުތަކުގެ ނިންމުންތައް އެ ސަރަޙައްދެއްގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތު ލިބިދިނުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ހަމަޖެހިގެން ދިއުމާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރެވޭނީ އެކޯޓެއް ނިސްބަތްވާ ސަރަޙައްދެއްގައި ޤާއިމްކުރެވޭ ހައިކޯޓުގެ ގޮފިން ކަމުގައި ކަނޑައެޅުމާ ގުޅިގެން، ދިވެހިރާއްޖޭގެ އުތުރު ސަރަޙައްދުގައި ޤާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދަކީ، (ތިލަދުންމަތީ އުތުރުބުރި)، ހދ (ތިލަދުންމަތީ ދެކުނުބުރި، (މިލަދުންމަޑުލު އުތުރުބުރި)، ނ (މިލަދުންމަޑުލު ދެކުނުބުރި)، ރ (މާޅޮސްމަޑުލު އުތުރުބުރީ) އަދި • (މާޅޮސްމަޑުލު ދެކުނުބުރި) ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތައް ކަމަށާއި، މާލޭގައި ޤާއިމްކުރެވިފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދަކީ، މާލެ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން)، ޅ (ފާދިއްޕޮޅު)، ކ (މާލެއަތޮޅު)، އއ (އަރިއަތޮޅު އުތުރުބުރި)، އދ (އަރިއަތޮޅު ދެކުނުބުރި)، ވ (ފެލިދެއަތޮޅު)، މ މުލަކަތޮޅު، ފ (ނިލަންދެއަތޮޅު އުތުރުބުރި)، ދ (ނިލަންދެއަތޮޅު ދެކުނުބުރި)، ތ (ކޮޅުމަޑުލު) އަދި ލ (ހައްދުންމަތި) ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތައް ކަމަށާއި، ދިވެހިރާއްޖޭގެ ޖްގެ ދެކުނުގައި ޤާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަޙައްދަކީ، ގއ (ހުވަދުއަތޮޅު އުތުރުބުރި)، ގދ (ހުވަދުއަތޮޅު ދެކުނުބުރި)، ޏ (ފުވައްމުލައް) އަދި ސ (އައްޑުއަތޮޅު)ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތައް ކަމުގައި ކަނޑައަޅައިފީމެވެ.