ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤުކަމަށްވެފައި، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ނެގޭ އިޖްރާޢީ ނުކުތާތަކާ ގުޅިގެން ކަނޑައަޅާ ކަނޑައެޅުންތަކަކީ، ހުށަހެޅިފައިވާ މައްސަލައަށް މައުޟޫޢީގޮތުން ފައިޞަލާކުރުމަކާނުލާ ކަނޑައަޅާ ކަނޑައެޅުންތަކަކަށްވާތީ އާއި ޝަރުޢީ ކޯޓުތަކުގައި ނެގޭ އިޖްރާޢީ ނުކުތާތަކާ ގުޅިގެން ކަނޑައަޅާ ކަނޑައެޅުންތައް ޢާއްމު އުޞޫލެއްގެގޮތުން އިސްތިއުނާފުކުރެވޭނީ އެ މައްސަލައެއް އޮތް އެ ކޯޓަކުން މައުޟޫޢީގޮތުން އެ މައްސަލައެއް ބަލާ ފައިޞަލާކުރަނިވި ޙުކުމެއް އިއްވުމުން، އެ ޙުކުމެއް އިސްތިއުނާފުކުރެވޭ ޙާލަތުގައެވެ. ނަމަވެސް، މައްސަލަ ހުށަހެޅިފައިވާ ކޯޓަށް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ކޯޓަށް ނުބެލޭނެކަމަށް ނިންމާ ނިންމުން އިސްތިއުނާފުކުރެވިދާނެއެވެ.
ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން އިޖްރާޢީގޮތުން ކަނޑައަޅާ ކަނޑައެޅުންތައް އިސްތިއުނާފުކުރުމާބެހޭ (ސަރކިއުލަރ)
- ރެފަރެންސް ނަންބަރު:
- 2014/01/SC
- ޝާއިޢު ކުރެވުނު ތާރީޚު:
- 24/08/14
- ނެރުނު މުއައްސަސާ:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް