ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC (ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ޞަރަޙައްދުގައި ޤާއިމްކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފުކުރުމާބެހޭ) ސަރކިއުލަރގެ ދަށުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނީ އެ ކޯޓެއް ނިސްބަތްވާ ސަރަޙައްދެއްގައި ޤާއިމްކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފީގައިކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުގެ މައްސަލަތަކަކީ އަވަސްކަމާއެކު ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެއްކަމުގައިވާތީ އާއި ހައިކޯޓު / ދެކުނު ގޮތްޕާއި ހައިކޯޓު / އުތުރު ގޮފީގައި ޝަރީޢަތް ހިންގުމާބެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރު (06 ފެބުރުވަރީ 2018) ގައި ކަނޑައަޅާފައިވާ އުޞޫލުގައި ހައިކޯޓުގެ ގޮފިތަކުގައި ދާއިމީ ފަނޑިޔާރުން ޤާއިމްވެތިބޭގޮތަށް ހަމަޖެހިފައިނުވާތީ، ޤާނޫނުއަސާސީގެ 141 މާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުތައް، ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމުގައި ހަމަޖައްސައިފީމެވެ.
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުތައް އިސްތިއުނާފުކުރުމާ ގުޅޭ (ސަރކިއުލަރ)
- ރެފަރެންސް ނަންބަރު:
- 2018/04/SC
- ޝާއިޢު ކުރެވުނު ތާރީޚު:
- 04/07/18
- ނެރުނު މުއައްސަސާ:
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް