ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގައި މެޖިސްޓްރޭޓް ކޯޓުތަކުން ނުބެލޭކަމަށް ބުނެފައިވާ ޖިނާއީކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނީ، އިސްވެދެންނެވި ޖަދުވަލު 5 ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން އެކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ މައްސަލަތަކުގެ ތެރެއިން ޖިނާއީކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސުން އެޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓަކަށް ހުށަހަޅާ މައްސަލަ ތަކުގައިވެސް ޢަމަލު ކުރަމުން އަންނަ ގޮތުގެ މަތިން ކަމުގައި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ
15 ރަބީޢުލްއާޚިރު 1433
08 މާރޗް 2012