މާލޭގައި ޤާއިމްކުރެވިފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދުތަކުން އިސްތިއުނާފުކުރުމަށް ސީދާ މާލޭގައި ޤާއިމްކުރެވިފައިވާ ހައިކޯޓަށް ހުށަހަޅުމާގުޅޭ ޢާއްމު ސިޓީ

ރެފަރެންސް ނަންބަރު:
2016/05
ޝާއިޢު ކުރެވުނު ތާރީޚު:
11/02/16
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/07 ސަރކިއުލަރގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން މާލޭގައި ޤާއިމްކުރެވިފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް، އިސްތިއުނާފުކުރުމަށް އެދި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލައިގެ ފައިލް ލިޔުންތަކާއެކު، ސީދާ މާލޭގައި ޤާއިމްކުރެވިފައިވާ ހައިކޯޓަށް ހުށަހަޅަމުން ގެންދިއުމަށް ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

02 ޖުމާދަލްއޫލާ 1439

11 ފެބްރުއަރީ 2016

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ