ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކުރެވޭ މައްސަލަތަކާއި ކޯޓުން ނެރޭ އަމުރުތަކަށް ނަންބަރު ދިނުމުގައި ޢަމަލުކުރަމުން އައިސްފައިވާ ގޮތަކީ މައްސަލައިގެ ބާވަތަށް ބަލައި އަކުރެއް ދިނުމާއެކު، މައްސަލަ ރަޖިސްޓްރީވާ ތަރުތީބުން ނަންބަރު ދެމުން ގެންދިއުމެވެ. މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން އިދާރީގޮތުން ދިމާވަމުންދާ ދަތިތައް ޙައްލުކުރުމުގެގޮތުން ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކުރެވޭ މައްސަލަތަކާއި ކޯޓުން ނެރޭ އަމުރުތަކަށް ނަންބަރު ދިނުމުގައި ޢަމަލުކުރަމުން އައިގޮތަށް ވަނީ ބަދަލުގެނެވިފައެވެ.
މިގޮތުން ގެނެވޭ ބަދަލުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
1- ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތަށް ދީފައިވާ އަކުރުތަކަށް ބަދަލުގެނައުން.
2- ޤަޟިއްޔާ ނަންބަރު ދިނުމުގައި ކޮންމެ ބާވަތަކުން މައްސަލަ ރަޖިސްޓްރީވާ ތަރުތީބުން އެ ބާވަތަކަށް ނަންބަރު ދިނުން.
ސުޕްރީމް ކޯޓުގައި ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭ މައްސަލަތަކާއި އަމުރުތަކަށް ނަންބަރު ދިނުމުގައި ކުރިން ޢަމަލުކުރަމުން އައިގޮތާއި މި ބަދަލާއެކު ނަންބަރު ދެމުންގެންދާނެގޮތް ތިރީގައި މި ވަނީއެވެ.
ރަޖިސްޓްރީކުރެވޭ ޤަޟިއްޔާތަކަށް ނަންބަރު ދިނުން | ||
ބާވަތް | ކުރިން ނަންބަރު ދެވިފައިވާ ގޮތް (ސީރިއަލް ނަންބަރު / ކޯޑް / އަހަރު) | އަލަށް ނަންބަރު ދެވިފައިވާ ގޮތް (ސީރިއަލް ނަންބަރު / ކޯޑް / އަހަރު) |
އިސްތިއުނާފީ މައްސަލަ | 2020/SC-A/01 | 2021/SC-A/01 |
އިސްތިޝާރީ ލަފާ | 2020/SC-AD/01 | 2021/SC-B/01 |
ދުސްތޫރީ | 2020/SC-C/01 | 2021/SC-C/01 |
ނިހާއީ (JC – ޖަޖްމަންޓް ކޮންފަމޭޝަން) | 2020/SC-JC/01 | 2021/SC-D/01 |
އިންތިޚާބީ | 2020/SC-E/01 | 2021/SC-E/01 |
ސުޕްރީމް ކޯޓުގެ ޙުކުމް / ނިންމުން މުރާޖަޢާކުރުން | 2020/SC-R/01 | 2021/SC-F/01 |
އަމުރުތަކަށް ނަންބަރު ދިނުން | ||
ބާވަތް | ކުރިން ނަންބަރު ދެވިފައިވާ ގޮތް (ސީރިއަލް ނަންބަރު / ކޯޑް / ސެކްޝަން / އަހަރު) | އަލަށް ނަންބަރު ދެވިފައިވާ ގޮތް (ސީރިއަލް ނަންބަރު / ކޯޑް / ސެކްޝަން / އަހަރު) |
ވަގުތީ އަމުރު – އަމުރު ނެރެދޭނަމަ | 2020/SC-B1/VA/01 | 2021/SC-B1/VA/01 |
އަމުރު ނެރެދެވެން ނެތްނަމަ VR – ވަގުތީ އަމުރު ރިޖެކްޝަން | 2020/SC-B1/VAR/02 | 2021/SC-B1/VR/01 |
TF ތަންފީޛުކުރުން | - | 2021/SC-B1/TF/01 |