ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އިނގިރޭސި ބަހުން ކޯޓު އަމުރު ނެރުމާގުޅޭ

ރެފަރެންސް ނަންބަރު:
SCPD-08/2021
ޝާއިޢު ކުރެވުނު ތާރީޚު:
12/07/21
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ކޯޓެއްގެ ސަރަޙައްދީ އިޚްތިޞާޞް ނުހިނގާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދެއްގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރުގައިހުރި މީހަކު ނުވަތަ އުޅަނދެއް ނުވަތަ އެއްޗަކާ ގުޅިގެން ދޫކުރަންޖެހޭ ކޯޓު އަމުރު، ބައިނަލްއަޤުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ދޫކުރުމުގެ ބާރު ލިބިގެންވަނީ ކްރިމިނަލް ކޯޓަށްކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 01-SC-REG-2021) ގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވީހިނދު، އެކަމަށް ރިއާޔަތްކޮށް، ބައިނަލްއަޤުވާމީ ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީ އެއްގެ މައްޗަށް ނެރޭ އަމުރުތައް އެ ފަރާތްތަކަށް ދޭހަވާނޭފަދަ ބަހަކުން އޮތުމަކީ މުހިއްމުކަމެއް ކަމަށްވާތީ، އަމުރުތައް ނެރުމުގައި އެ ގަވާއިދުގެ ޖަދުވަލުތަކުގައިވާ ނަމޫނާގައި ބަޔާންކޮށްފައި ހުރި ކަންކަން ހިމެނޭގޮތަށް އިނގިރޭސި ބަހުން އެ އަމުރުތައް ނެރުމަށް ހުރަހެއް ނެތެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ