ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު އަށް ގެނެވޭ 1 ވަނަ އިޞްލާޙް

ރެފަރެންސް ނަންބަރު:
SCPD-06/2021
ޝާއިޢު ކުރެވުނު ތާރީޚު:
15/06/21
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރުSCPD-03/2021  ޕްރެކްޓިސް ޑައިރެކްޝަން (23 ފެބުރުވަރީ 2021) ގައި ބަޔާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދުގެ 5  ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާޙުކޮށްފީމެވެ.

5. މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަރާތަކަށްވެފައި، އެފަރާތަކުން އެ ސަބަބާހުރެ ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އެފަރާތަކީ އެފަދަ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ހިންގުން ލަސްވާނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު އެފަރާތެއް ކޯޓަށް ހާޒިރުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވުން.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ