ކޯޓަށް ހުށަހެޅޭ ޑޮކިއުމަންޓްތައް ބަލައިގަތުމާގުޅޭ

ރެފަރެންސް ނަންބަރު:
SCPD-09/2021
ޝާއިޢު ކުރެވުނު ތާރީޚު:
05/10/21
ނެރުނު މުއައްސަސާ:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދޭދޭ ފަރާތްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި ޚުޞޫމަތްތަކަށް ނިމުމެއް ގެނައުމަށްޓަކައި، އެކަށީގެންވާ އަވަސް ފުރުޞަތެއްގެ ތެރޭގައި، އިންޞާފު ލިބިދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކަށްވާތީއާއި ޝަރީޢަތަށް ހުށަހެޅޭ ޑޮކިއުމަންޓްތައް ވަކި ބަހަކުން ހުރުމަކީ ލާޒިމްކަމަކަށް ނުވާތީ، އިނގިރޭސި ބަހާއި ޢަރަބި ބަހުން ހުންނަ ޑޮކިއުމަންޓުތަކާއެކު، އޭގެ ދިވެހި ތަރުޖަމާ ހުށަނޭޅި ކަމުގައިވިޔަސް ކޯޓުތަކުން އެފަދަ ލިޔުންތައް ބަލައިގަތުމަށް ދެންނެވީމެވެ. އެހެންނަމަވެސް ދިވެހިބަސް ނޫން ބަހަކުން ލިޔެފައިވާ ޑޮކިއުމެންޓެއްގެ ތަރުޖަމާ ކޯޓުން އަންގާ ގޮތެއްގެމަތިން ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

މި ޕްރެކްޓިސް ޑައިރެކްޝަންއަށް ޢަމަލުކުރަން ފެށުމުން، މި ކޯޓުގެ ނަންބަރު SC/2016/06 (05 އެޕްރީލް 2016) ސަރކިއުލަރ ބާޠިލުވީއެވެ.

ލެތުން މޯބައިލް އެޕް ހޯއްދަވާ.

  • ގޫގުލް ޕްލޭއިން ހޯއްދަވާ
  • އެޕް ސްޓޯރުން ޑައުންލޯޑް ކުރައްވާ