ތަޢާރުފު
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަކީ، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 35 ވަނަ ޖަލްސާއަށް، އެމަޖިލީހުގެ ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލާ ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލެކެވެ. މިބިލުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގައި ކުރައްވާފައިވަނީ، އެމަޖިލީހުން ގެވެށި އަނިޔާގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގައެވެ. އެކޮމިޓީން މަސައްކަތް ކުރައްވައި ބިލު ދިރާސާ ކުރެއްވި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުއްވާ، މިބިލަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހީ 09 އޭޕްރީލް 2012 ވަނަ ދުވަހުއެވެ. މިބިލު ފާސްކުރެއްވީ، އެދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ތެރެއިން 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން ޤާނޫނަކަށް ވެފައިވަނީ، 23 އޭޕްރީލް 2012 ވަނަ ދުވަހުއެވެ.
މިޤާނޫނު ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު، މިޤާނޫނު ވަނީ މައިގަނޑު އެގާރަ ބަޔަކަށެވެ. ފުރަތަމަ ބަޔާއި ދެވަނަ ބައިގައި ބަލާލައިފައިވަނީ، ޤާނޫނުގެ ތަޢާރުފާއި ނަމާއި، ޤާނޫނުގެ މަޤްޞަދުގެ މައްޗަށެވެ.ތިންވަނަ ބައިގައި، މިޤާނޫނުގައި ތަކުރާރުކޮށް ބޭނުންކޮށްފައިވާ މުހިންމު ޢިބާރާތްތަކާއި ލަފުޒުތަކާއި މުޞްޠަލަޙުތަކުގެ މާނަތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. ހަތަރުވަނަ ބައިގައި، އެހެން ޤާނޫނުތަކާއި މި ޤާނޫނާ އޮތް ގުޅުމަށާއި، ޤާނޫނީ ނިޒާމުގެ ތެރޭގައި މި ޤާނޫނު އޮތް މަރުކަޒާބެހޭ ތަފްޞީލުތައް ބަޔާން ކުރުމަށްފަހު، ފަސްވަނަ ބައިގައި ބަލާލާފައިވަނީ ގެވެށި އަނިޔާގެ ޢަމަލުތައް ރިޕޯޓު ކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ މައްޗަށެވެ. މިގޮތުން، ފުލުހުންގެ ޒިންމާއާއި، ޞިއްޙީ އަދި އިޖްތިމާޢީ ިިދުމަތްދޭ ފަރާތްތަކަށް ގެވެށި އަނިޔާގެ ޢަމަލުތައް ރިޕޯޓުކުރުމަށް އޮންނަ ޒިންމާގެ ވާހަކަ ހަވަނަ ބައިގައި ބަޔާންކޮށްފައިވެއެވެ. 4 މި ޤާނޫނުގެ ހަތްވަނަ ބައި ތަޚްޞީޞުކޮށްފައިވަނީ މި ޤާނޫނުން ތަޢާރުފުކުރާ އެންމެ މުހިންމު އެއް އުޞޫލުކަމަށްވާ ރައްކާތެރިކުރުމުގެ އަމުރާގުޅޭ އުޞޫލުތަކަށެވެ. މިގޮތުން، ރައްކާތެރިކުރުމުގެ އަމުރަށް އެދެވޭނެ ގޮތްތަކާއި، އެއަމުރަށް އެދެވޭނެ ފަރާތްތަކާއި، އެއަމުރު ނެރުއްވުމުގައި ކޯޓުތަކުން ޢަމަލުކުރައްވަންޖެހޭ އުޞޫލުތަކާއި ހަމަތަކުގެ މައްޗަށް މިބައިގައި ތަފްޞީލުކޮށް ބަލާލާފައިވެއެވެ. އަދި ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފު ވެއްޖެނަމަ އެޅޭނެ ފިޔަވަޅުތައްވެސް މިބައިގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގެ އަށްވަނަ ބައި ޚާއްޞަ ކޮށްފައިވަނީ އަވަސް އަމުރަށެވެ. އަވަސް އަމުރަކީ ޙާލަތު ނިޔާ ކުރާ ގޮތުން، ހަމައެކަނި މައްސަލަ ހުށަހަޅާ މީހާގެ ބަހަށް ބަލައި، ކޯޓުން ކަ ނޑައަޅައި ޙާލަތުތަކެއްގައި، ކޯޓުން ކަނޑައަޅާ ގޮތަކަށް ނެރުއްވާ ވަގުތީ އަމުރެކެވެ. މިއަމުރު ނެރުއްވުމުގައި ކޯޓުން ބައްލަވަންޖެހޭ ކަންކަމާއި، އެފަދަ އަމުރުތައް ދެމި އޮންނާނެ މުއްދަތާއި، އެއަމުރުގެ ޤާނޫނީ ބާރުވެރިކަމާބެހޭ ގޮތުން މިބައިގައި އަލިއަޅުވާލާފައިވެއެވެ. ނުވަވަނަ ބައިގައި ބަލާލައިފައިވަ ނީ، ތަފްރީޤުކުރުމާއި ފަސްޚުކުރުމާބެހޭ ކަންކަމުގެ މައްޗަށެވެ. ގެވެށި އަނިޔާގެ ޢަމަލެއް ހިނގާތީ، ކައިވެނި ފަސްޚުކުރަން އެދިގެން ހުށަހަޅާ މައްސަލަތަކުގައި ގޮތެއް ކަނޑައަޅުއްވުމަށް ފަނޑިޔާރު ރިޢާޔަތް ކުރައްވަންޖެހޭ ކަންކަން މިބައިގައި ލިސްޓު ކުރެވިފައިވެއެވެ. އަދި ތަފްރީޤުކުރުމަށް ކޯޓުން ކުރާ އަމުރުގެ ނަތީޖާވެސް މިބައިގައި ސާފުކޮށް ލިޔެފައިވެއެވެ. މި ޤާނޫނުގެ ދިހަވަނަ ބަޔަކީ މި ޤާނޫނު ހިންގުމާބެހޭ އުޞޫލުތައް ބަޔާންކުރާ ބައެވެ. މިގޮތުން، މި ޤާނޫނުގެ ތަންފީޒީ ކަންކަން ރާވާ ހިންގުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ނަމުގައި ވަކި އިދާރާއެއް މި ޤާނޫނުން ޤާއިމުކުރެވެއެވެ. އަދި އެއިދާރާގެ މައިގަ ނޑު މަސްއޫލިއްޔަތުތަކާއި ޒިންމާތައްވެސް ބަޔާން ކުރެވިފައިވަނީ މިބައިގައެވެ. މި ޤާނޫނުގެ އެންމެ ފަހު ބައި، އެގާރަވަނަ ބައިގައި ބަޔާންކޮށްފައި އޮތީ، މި ޤާނޫނުގެ ބައެއް ޢާންމު އުޞޫލުތަކެވެ. މި އުޞޫލުތަކުގެ ތެރޭގައި ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގައި ހިމެނޭ މަޢުލޫމާތު ހާމަ ނުކުރުމާއި، ބައެއް ތަފްޞީލުތައްވެސް ހާމަ ނުކުރުމުގެ މައްޗަށް ބާރުއަޅާ މާއްދާތައްވެއެވެ. އޭގެ އިތުރުން، މިޤާނޫނުގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުރާ ސުވާލަކަށް ކަނޑައެޅިގެން ދޮގު މަޢުލޫމާތުދޭ މީހުން ކުށްވެރިވާނެ ކަން ބަޔާންކުރާ މާއްދާއަކާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހަކީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ޤާނޫނީ ވަކީލަކު ޢައްޔަން ކުރެވޭ ފެންވަރުގެ މީހަކަށް ނުވާނަމަ، އެމީހަކަށް ޤާނޫނީ ވަކީލެއް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި ކޮމެންޓަރީއަކީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު މާނަ ކުރުމާއި، އެޤާނޫނު ތަންފީޒުކުރުމުގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ވިސްނުން އެއްގޮތްކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ިިދުމަތްތައް ވީހާވެސް އެއްގޮތް، އަދި ޤާނޫނުގެ ރޫޙާ އެއްގޮތަށް، އެޤާނޫނުގެ މަޤްޞަދު ދިރުވައި އާލާ ކުރެވޭކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި އެކުލަވާލެވުނު ކޮމެންޓަރީއެކެވެ. މި ކޮމެންޓަރީ ތައްޔާރުކުރުމުގައި، ގެވެށި އަނިޔާގެ ޤާނޫނު މާނަ ކޮށްފައިވާނީ، އިސްލާމީ ޝަރްޢީ އުޞޫލުތަކާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކަށާއި، އެޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދުތަކަށް ރިޢާޔަތް ކުރެވިގެންނެވެ. އަދި މީގެ އިތުރުން، ސަރުކާރާއި ޝަރްޢީ ދާއިރާގައި ލިޔެވިފައި ނެތް ނަމަވެސް، އެމައްޗަށް ޢަމަލު ކުރެވެމުންދާ އުޞޫލުތަކުގެ މައްޗަށްވެސް މި ކޮމެންޓަރީގެ ލިޔުމުގައި ބަލާފައިވާނެއެވެ. އެފަދަ އެއްވެސް އުޞޫލެއް ފެންނަން ނެތްނަމަ، މި ކޮމެންޓަރީގައި ބަލާފައިވާނީ އިސްލާމީ ޝަރީޢަތާއި، ޢަދުލު އިންޞާފުގެ އުޞޫލުތަކާއި، ދިވެހި އާދަކާދައާއި ސަޤާފަތާ ވީހާވެސް ތިމާގެކަން ބޮޑު ގޮތަކަށް އެމާއްދާއެއް މާނަ ކުރުމުގެ މައްޗަށެވެ.
3. ގެވެށި ގުޅުން
މި މާއްދާގައި މާނަކޮށްދީފައިވަނީ ދެމީހެއްގެ ދެމެދުގައި ގެވެށި ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި ބަލަންޖެހޭ ކަންކަމެވެ. މި ގޮތުން، އިނދެގެން އުޅޭ މީހުންނާއި އިނދެ ވަރިކޮށްފައި ތިބޭ މީހުންނާއި، ގާތްތިމާގެ ކަމުގެ ގުޅުމެއް އޮތް މީހުންނާއި، ކޮންމެވެސް ސަބަބަކާހުރެ އެއް ގެއެއްގައި ދިރިއުޅެން ޖެހިފައިވާ މީހުންނާއި، ކުޑަކުދިންނާ ގުޅޭގޮތުންނަމަ ބެލެނިވެރިންނާއި، ކުދިން ބެލުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވާ މީހުންނަކީވެސް ގެވެށި ގުޅުމަކުން ގުޅިފައިވާ މީހުންނެވެ. މީގެ އިތުރުން، ދެމީހެއްގެ މެދުގައި ޒާތީ ގުޅުމެއް އޮތްނަމަ، އެއީވެސް ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންނެވެ.
މިގޮތުން، ރައްޓެހިވެގެން އުޅޭ އަނެއް ޖިންސުގެ މީހާއަކީ، އެ ދެމީހުންގެ މެދުގައި އޮތް ގުޅުމުގެ ޤާނޫނީ ޙައިސިއްޔަތެއް ނެތް ނަމަވެސް، މިޤާނޫނުގެ ބޭނުމަށް ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންކަމަށް ބެލިދާނެއެވެ. އަދި އެފަދަ ގުޅުމެއް އޮތްކަން ނުވަތަ ނެތްކަން ކަ ނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، ދެމީހެއްގެ މެދުގައި ގެވެށި ގުޅުމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ސުވާލެއް އުފެދިއްޖެނަމަ، އެ މައްސަލަ ބަލާ ކޯޓަކުން އެ ކަމާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭ ކަންކަމަކީ، އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ބާވަތާއި، އެ ގުޅުމަކީ ޚާއްޞަ ގުޅުމެއްކަމަށް އެ ދެމީހުން ޤަބޫލުކުރާ މިންވަރާއި، އެކުގައި ވަގުތު ހޭދަކުރާ މިންވަރާއި، އެ ވަގުތު ހޭދަކުރާ ތަނާއި އެ ގުޅުން ދެމިއޮތް މުއްދަތަށެވެ. އެހެންކަމުން، ދެމީހެއްގެ މެދުގައި ގެވެށި ގުޅުމެއް އޮތްކަން ނުވަތަ ނޫންކަން ކަ ނޑައެޅުމުގައި، އެ ދެމީހުންގެ މެދުގައި އޮތް ގުޅުމަކީ ޤާނޫނީ ގޮތުން ޞައްޙަ ގުޅުމަކަށް ވާކަށް ނުޖެހެއެވެ. އަދި އެކަމުގައި ގޮތެއް ނިންމާއިރު، ކޮންމެ މައްސަލައަކަށް ވަކިން ރިޢާޔަތް ކުރަންޖެހޭނެއެވެ. އެކަމުގައި ބަލަންޖެހޭނީ އެ ދެމީހެއްގެ މެދުގައި އޮތް ގުޅުމަށެވެ. ޢާންމުކޮށް އެފަދަ ގުޅުންތައް އޮންނަ ގޮތުގެ މައްޗަކަށް ނޫނެވެ.
މިސާލު: ޤާނޫނީ ގޮތުން ކައިވެނި ކުރުމަށް ކަ ނޑައަޅައިފައިވާ އުޞޫލުތަކާ ިިލާފަށް، ދީނީ ގޮތުން ވަކި ވިސްނުމެއް އޮވެގެން، ކޯޓުގައި ރަޖިސްޓަރީ ކުރުމެއް ނެތި އަމިއްލައަށް ކައިވެނި ކޮށްގެން އުޅުމަކީ ޤާނޫނީ ގޮތުން އެކަން ކުރި މީހަކު ކުށްވެރިވާނެ ކަމެކެވެ. ނަމަވެސް، އެ ފަދަ ގުޅުމެއްގެ ތެރޭގައި ގެވެށި އަނިޔާގެ ޢަމަލެއް ހިނގާނަމަ، އެ ޢަމަލެއްގެ މައްޗަށް މި ޤާނޫނު ހިނގާނެއެވެ. އެއީ، އެ ގުޅުމަކީ ޤާނޫނީ ގޮތުން ޞައްޙަ ނޫން ގުޅުމެއްކަމަށް ބަލައިގެން، އެ ގުޅުމުގެ ތެރޭގައި ހިނގާ ކަންކަމުގެ މައްޗަށް މި ޤާނޫނު ނުހިނގާނެކަމަށް މާނަކުރުމަކީ މި ޤާނޫނުގެ މަޤްޞަދާ ފުށުއަރާ ކަމަކަށްވާނެތީއެވެ.
އެ ގޮތަށް ޤާނޫނު މާނަ ކުރާނަމަ، އެ ދެވޭ މެސެޖަކީ، ޤާނޫނީ ގޮތުން ޞައްޙަނޫން ގުޅުމެއްގެ ތެރެއިން ގެވެށި އަނިޔާ ކުރާނަމަ، އެ ކަމަކީ ޤާނޫނު އެ ކަމުގެ މައްޗަށް ނުހިނގާނެ، ހުއްދަ ޢަމަލެއް ކަމަކަށެވެ. ވީމާ، އެ ގުޅުމުގެ ތެރޭގައި އޮތް ޤާނޫނާ ޚިލާފު ޢަމަލުގެ މައްޗަށް) މިސާލަކަށް ގަވާއިދާ ޚިލާފަށް ކައިވެނި ކުރާ ޙާލަތުގައި އެ ކައިވެނި ފަސްޚުވުމުން (ޤާނޫނު ހިންގުމަށްފަހު، އޭގެ ފަހުން ހިނގި އަނިޔާގެ ޢަމަލުތަކުގެ މައްޗަށް ޤާނޫނެއް ނުހިނގާނެއެވެ. އެހެންވެއްޖެނަމަ، މި ޤާނޫނުގެ މަޤްޞަދު ޙާޞިލެއް ނުވާނެއެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއަކަށް އެއްވެސް އިންޞާފެއްވެސް ނުލިބޭނެއެވެ. މީގެ އިތުރުން، މި ޤާނޫނުގައި ގެވެށި ގުޅުން ތަފްޞީލުކޮށް މާނަ ކުރެވިފައި އޮތުމުން، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށްވެސް ގެވެށި ގުޅުމަކީ ކޮބައިކަމާއި، އެ ފަދަ ގުޅުމެއްގެ ތެރެއިން ކަމެއް ހިނގައިފިނަމަ، އެ ކަމުގައި އަޅަންޖެހޭނެ ފިޔަވަޅުތައްވެސް ސާފުވެފައި އޮތުމަށް އެހީތެރިވެދޭނެއެވެ.
މިސާލު: މައިދާނުގައި މަސައްކަތްކުރާ ފުލުހުންނަށް، ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކުރެވޭ ކޮންމެ ފަހަރަކު، އެ ޙާދިސާ ހިނގައިފައިވަނީ ގެވެށި ގުޅުމެއްގެ ތެރޭގައި ކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ފަސޭހަވާނެއެވެ.
4. ގެވެށި އަނިޔާގެ ޢަމަލު
މި މާއްދާގައި ގެވެށި އަނިޔާގެ ޢަމަލު މާނަކުރެވިފައި އެއޮތީ، އެ ޢިބާރާތުން ދޭހަވާ މާނަ ވީހާވެސް ފަސޭހަކޮށް، ތަފްޞީލުކޮށް، އޮޅުންބޮޅުން ކުޑަކޮށް ބަޔާންކޮށްދިނުމަށެވެ. މި މާއްދާގައިވާ ގޮތުން، ގެވެށި އަނިޔާގެ ޢަމަލެއް ފުރިހަމަ ވުމަށްޓަކައި ކަންތައްތަކެއް ފުރިހަމަވާން ޖެހެއެވެ. އެއީ؛
1. އެ ދެމީހުން ނުވަތަ މީސްމީހުން (މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ) ގެވެށި ގުޅުމަކުން ގުޅިފައިވުން؛
2. ގެވެށި އަނިޔާގެ ޢަމަލު ހިންގީ ގެވެށި ގުޅުމަކުން ގުޅިފައިވާ މީހަކު، އެ ފަދަ ގުޅުމަކުން ގުޅިފައިވާ މީހަކާ ނުވަތަ ބަޔަކާ މެދު ކަމުގައިވުން،
3. އޭނާ ކުރި ޢަމަލަކީ (ނުވަތަ ޤަޞްދުގައި ނުކޮށް ދޫކޮށްލި ކަމަކީ) ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ޞިއްޙަތަށް ނުވަތަ ދުޅަހެޔޮދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެ ފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިޙްސާސްވާފަދަ ކަމަކަށްވުން. މިސާލަކަށް، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހާއަށް ނަފްސާނީގޮތުން ބިރު ދެއްކުން.
އިސްވެބުނެވިދިޔަ ކަންކަން ފުރިހަމަވާ ގޮތަށް ކުރި ޢަމަލަކީ (ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށްވުން.
ޖިސްމާނީ އަނިޔާއަކީ، މީހެއްގެ ޖިސްމަށް ދެވޭ އަނިޔާއެވެ. މީގެ ތެރޭގައި، ޖެހުން، ރުހުމަކާނުލައި ގަޔަށް އަތްލުން، ވިކުން، އެއްޗެއް ހަރާލުން، ކޮއް ޕާލުން، ހެދުމަށް ދަމާ ވީދުން ފަދަ ކަންކަމާއި، ކެއުން ބުއިމުން މަޙްރޫމް ކުރުވުމާއި، އެކަށީގެންނުވާ އަދަބު ދިނުމާއި، އެކަށީގެންނުވާފަދަ ޙާލަތުތަކުގައި މަސައްކަތް ކުރުވުމާއި، ރުހުމަކާނުލައި، ގަދަކަމުން މަސައްކަތް ކުރުވުން ފަދަ ކަންކަން ހިމެނެއެވެ.
ޖިންސީ އަނިޔާގެ ތެރޭގައި، ޖިންސީ ގޮތުން ގޯނާ ކުރުމާއި، ފުރައްސާރަ ކުރުމާއި، ޖިންސީގޮތުން ނޭދެވޭ ބަސްބުނުމާއި ކުރުމާއި، ކާވެނި ކޮށްގެން އުޅޭ ދެ މީހުންނަމަ، މަޤްބޫލު ޢުޛުރެއް ނެތި، ޖިންސީ އެދުން ފުއްދައިދިނުމުން އެއްކިބާވެ ގަތުން ފަދަ ކަންކަންވެސް ހިމެނެއެވެ.
ބަހުގެ ޙަމަލާގެ ތެރޭގައި ޒުވާބު ކުރުމުގެ ތެރޭގައި އަނެކާ ހިތުގައި ޖެހޭފަދަ ބަސް ބުނުމާއި، ކަ ނޑައެޅިގެން ދޮގު އިލްޒާމުތައް އެޅުވުމާއި، ޤަޛްފު ކުރުމާއި، ޡިހާރު ކުރުންފަދަ ކަންކަން ކުރުންވެސް ހިމެނޭނެއެވެ. އަދި ނަފްސާނީ އަނިޔާގެ ތެރޭގައި، ތަފާތު ގޮތްގޮތުން ނަފްސާނީ ގޮތުން އަސަރު ކުރާ ކަންކަން ކުރުމާއި، ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމުގެ ގޮތުން ތަފާތު އެކިއެކި ކަންކަން ކުރުމާއި، ރޭވިގެން، ވަކި ނިޒާމެއްގެ ތެރެއިން ނަފްސާނީ ގޮތުން ގޯނާ ކުރުމާއި، އެ ބޭނުމަށްޓަކައި ބައެއް ކަންކަން ނުކޮށް ދޫކޮށްލުންވެސް ހިމެނޭނެއެވެ.
މާލީ ގޮތުންނާއި އިޤްޠިޞާދީ ގޮތުން ދަތިކުރުމަކީ، އެ މީހަކަށް ޙައްޤުވާ ފައިސާއެއްނަމަ، އެ ފައިސާ ނުދީ ހިފެހެއްޓުމާއި، ފައިސާ ދިނުމަށްފަހުވެސް، ލޯނެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ނިޒާމެއްގެ ތެރެއިން މާލީ ގޮތުން އަޅުވެރިވާފަދަ ގޮތްތަކެއް މެދުވެރިކުރުން ފަދަ ކަންކަންވެސް ހިމެނެއެވެ. މާލީ ގޮތުން ނުވަތަ އިޤްޠިޞާދީ ގޮތުން ދަތިކުރުން މިޤާނޫނުގެ 67 ވަނަ މާއްދާގެ )ތ( ގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
ދީނީގޮތުން ބަލާއިރުވެސް، ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ރައްކާތެރިވާންޖެހޭނީ އެމީހެއްގެ ޞިއްޙަތަށެވެ. އެއީ، ނަފްސު ރައްކާތެރި ކުރުމަކީ، އިސްލާމީ ޝަރީޢަތުގެ މައިގަ ނޑު އެއް މަޤްޞަދެވެ. އެހެންވީމާ، ބަލިވެ އިނދެފިނަމަ، އަނބިމީހާގެ ޞިއްޙަތަށް ކަ ނޑައެޅިގެން ގެއްލުމެއް ލިބިދާނެކަމަށް މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައި ވަނިކޮށް އަނބިމީހާ މާބަ ނޑު ކުރުމަކީ، ގެވެށި އަނިޔާގެ ޢަމަލެއްގެ ގޮތުގައި ބެލެވޭނެ ޢަމަލެކެވެ. މިޙާލަތު މެދުވެރިވެފައި އޮތްކަމަށް ދަޢުވާ ކުރާ ފަރާތުން ސާބިތުކޮށް ދިނުމުގައި ހުށަހަޅަންޖެހޭނީ، މެޑިކަލް ޑޮކްޓަރު ދީފައިވާ ލަފައެވެ. އަދި އަނބިމީހާ މާބަ ނޑުކުރީ މެޑިކަލް ޑޮކްޓަރުގެ ލަފައާ ިިލާފަށް، އަނބިމީހާގެ ރުހުމުގައި 16 ކަން ސާބިތުކޮށްދިނުމަކީ، މިޙާލަތުގައި ފިރިމީހާ ކުރަންޖެހޭނެ ކަމެކެވެ. އެކަން ސާބިތުކޮށް ނުދެވިއްޖެނަމަ، ގެވެށި އަނިޔާގެ ޢަމަލެއް އެއޮތީ ފުރިހަމަ ވެފައެވެ.
ކާވެންޏަކުން ދުރުވާން އުޅޭކަން ނުވަތަ ނޫންކަން ކަ ނޑައެޅުމުގައި، އެ ކާވެންޏާ ބެހޭ ގޮތުން ކަމާބެހޭ ކޯޓަކަށް މައްސަލައެއް ހުށަހަޅާފައިވާ ކަން ނުވަތަ ނޫންކަމާއި، ކާވެނީގައި ޖެހޭ މައްސަލަތައް ޙައްލު ކުރުމަށް ދެފަރާތުގެ ޢާއިލާގެ ފަރާތުން މީހުން ޢައްޔަން ކޮށްގެން ވާހަކަ ދައްކާ މަޝްވަރާ ކުރުމުގެ މަސައްކަތްތަކެއް ހިނގައިފައިވާކަން ނުވަތަ ނޫންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ. މި ގޮތުން އެފަދަ މަސައްކަތްތަކެއް ކުރެވިފައިވާނަމަ، އެ މަސައްކަތްތަކުގެ ނަތީޖާއަށާއި އެކަންކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ބަލައި، ހުށަހެޅިފައިވާ މައްސަލައިގައި ކާވެންޏަކުން ދުރުވާން މަސައްކަތް ކުރަމުންދާކަން ނުވަތަ ނޫންކަން ކަ ނޑައެޅިދާނެއެވެ. އަދި މި ކަމުގައި ސަމާލުކަންދޭންޖެހޭނެ އަނެއް ނުކުތާއަކީ، ކާވެންޏަކުން ދުރުވާން މަސައްކަތް ކުރުމަކީ ބައެއް މީހުންނަށް އެހައި ފަސޭހަ ކަމެއް ނޫންކަމެވެ. އެހެންކަމުން، ކާވެންޏަކުން ދުރުވާން މަސައްކަތް ކުރުމުގައި ވަކި މުއްދަތު ތަކެއްގައި ވަކި ފިޔަވަޅުތަކެއް އަޅާފައި އޮންނަންޖެހޭކަމަށް މާނަކޮށްގެނެއް ނުވާނެއެވެ. އޭގެ ބަދަލުގައި ބަލަންޖެހޭނީ، ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށާއި، އެ މައްސަލައެއްގައި ހިމެނޭ މީހުންގެ ކެރެކްޓަރ އަށާއި، އެ މީހުންގެ މިޒާޖަށާއި އެ މީސްމީހުން ކަންކަމާ ކުރިމަތިލާ ގޮތުގެ މައްޗަށް 'ސަބްޖެކްޓިވް' ކޮށެވެ. މީގެ އިތުރުން، މާބަ ނޑުވުމަށް ރުހުން ނެތްކަން މި ޙާލަތުގައި ސާބިތުކޮށްދޭންޖެހޭނީ އަނބިމީހާއެވެ. އެއީ، ކާވެންޏަކުން ދުރުވާން މަސައްކަތް ކުރުން އެއީ އޭގެ ޒާތުގައި މާބަ ނޑުވުމަށް ރުހުން ނެތް ކަމެއްކަމަށް ނުބެލެވޭނެތީއެވެ.
ގެވެށި ގުޅުމަކުން ގުޅިފައިވާ މީހަކު، އަނެކާގެ ފޯނު ނުވަތަ ޕާސްޕޯޓު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ، އޭނާއަށް މުހިންމު އެއްޗެއް އޭނާއަށް ބޭނުން ނުކުރެވޭ ގޮތަށް ހިފަހައްޓައިފިނަމަ، މި މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާނެއެވެ.
ބިރުދެއްކުމުގެ މާނައިގެ ތެރޭގައި، ތިމާއަށް ނުވަތަ ތިމާގެ މުދަލަކަށް، ނުވަތަ ތިމާގެ ޢާއިލާގެ މީހަކަށް ނުވަތަ ތިމާއަށް އެ މީހަކީ މުހިންމު މީހެއްކަމަށް ޤަބޫލުކުރާ މީހަކަށް ނުވަތަ އެ ފަދަ މީހެއްގެ މުދަލަކަށް ގެއްލުމެއް ދޭނެކަމުގެ، ނުވަތަ ދީފާނެކަމުގެ ބިރު އުފެދޭ ގޮތަށް އަނގަބަހުން ބިރުދެއްކުން ހިމެނެއެވެ.
ގޯނާ ކުރުމުގެ ތެރޭގައި، އަނެކާއަށް ދަތިވާގޮތަށް ފަހަތުން ހިނގުމާއި، ސިޓީއާއި ފޯނުން ގުޅުމާއި މެސެޖު ފޮނުވުމާއި، ޕާރުސަލް ފަދަ ތަކެތި ފޮނުވުން ހިމެނެއެވެ. އަދި އެ ފަދަ ކަންތައްތަކަކީ، އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް ބިރު އިޙްސާސްވާފަދަ މިންވަރަކަށް ކުރާ ކަމަކަށް ވާންވާނެއެވެ. މި ހާލަތުގައިވެސް، ބިރު އިޙްސާސްވާކަން ނުވަތަ ނޫންކަން ކަ ނޑައެޅުމުގައ ބަލާނީ، އެ މީހެއްގެ ޙާލަތަށެވެ. އެ މީހަކަށް ކުރިން ދިމާވެފައިވާ ކަމެއްގެ ސަބަބުން ނުވަތަ ޤުދުރަތީ ގޮތުން އެ މީހަކީ ބިރު އިޙްސާސްވުން އަވަސް މީހެއްނަމަ، ޙާލަތު ވަޒަންކުރުމުގައި ބަލާނީ އެ މީހެއްގެ ޙާލަތަށެވެ.
ފާރަލުން ގެވެށި އަނިޔާގެ ޢަމަލެއް ގޮތުގައި ބެލުމުގައި ބަލަންވާނީ ގެވެށި ގުޅުމަކުން ގުޅިގެންވާ މީހަކަށް އޭނާ ކުރާކަންތައްތަކަށް ނުވަތަ އުޅޭ ގޮތަށް އަނެކާ ފާރަލާކަމަށް ޤަބޫލުކުރެވޭ ކަމަށްވާނަމައެވެ.
އެއްގެއެއްގައި ދިރިއުޅޭ ދެމީހުން ކަމުގައި ނުވާ ޙާލަތްތަކުގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ ވަނުން ނުވަތަ ވަދެ ހުރުމުގެ ޙާލަތަކަށް ބަލާއިރު، އެގެއަކީ ހަމައެކަނި ގެވެށި އަނިޔާގެ ޝިކާރައަކަށްވާމީހާ ދިރިއުޅޭ ގެއަކަށް ވުން ލާޒިމެއް ނޫނެވެ. އަދި، މި އަކުރުގައި ބުނާ ކަންތައް ފުރިހަމަވެގެން ގެވެށި އަނިޔާ ހުއްޓުވުވުމުގެ ޤާނޫނުގެ ދަށުން އެ ޙާލަތުގައި ފިޔަވަޅު އެޅުމަށް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހުއްދަނެތި ގެއަކަށް ވަނުމުގެ ޖިނާއީ ކުށް ހުރަހަކަށް ނުވާނެއެވެ. އެ ކުށަށް ދަޢުވާ ކޮށް އަދަބު ދެވުމަކީ، އެ ޢަމަލުގެ މައްޗަށް ބިނާކޮށް، މި ޤާނޫނުގައި ބުނާ އުޞޫލުތައް އެ މީހެއްގެ މައްޗަށް ހިންގުން ހުރަސް އަޅާނެ ކަމެއްވެސް ނޫނެވެ.
މިނޫންވެސް ގެވެށި އަނިޔާގެ ޝިކާރަކަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނވަތަ އެނޫންވެސް އަނިޔާވެރި ޢަމަލެއްކަމަށް ބެލެވިދާނެ ކަމެއް ކުރުން ކަމަށް ބެލުމުގައި، އެ ވަގުތެއްގެ ޙާލަތަށާއި، ކަން ހިނގަމުން އައިސްފައިވާ ގޮތަށް ބަލަންވާނެއެވެ. މިސާލަކަށް، ޢާންމުކޮށް މީހެއްގެ މައްޗަށް ބާރު ފޯރުވާފަދަ ޢަމަލެއްކަމުގައި ނުވިޔަސް، އެ މީހަކު ކުރި ކަމަކީ، އެ މައްސަލައިގައި އަނިޔާ ލިބޭ މީހާއަށް ބާރުފޯރުވާ ކަމަކަށްވާނަމަ، މި މާއްދާގައި ބުނާ ކަންތައް ފުރިހަމަ ވީ ކަމުގައި ބަލަންވާނެއެވެ.
ގެވެށި އަނިޔާގެ ޢަމަލުކަމަށް ހިމެނޭ ކަންކަން މި މއްދައިގައި ބަޔާންކުރެއެވެ. ގެވެށި ގުޅުމަކުން ގުޅިގެންވާ ދެމީހުންކުރެ އެކަކު އެގުޅުމުގައިވާ އަނެކާއާ މެދު މި މާއްދާގައި ފާހަގަކޮށްފައިވާ ޢަމަލެއް އެއްފަހަރު ހިންގިކަމުގައިވީނަމަވެސް އަދި ތަކުރާރުކޮށްފިނަމަވެސް، މި ޤާނޫނުގެ ހަތްވަނަ ބައިގާ ބުނާ ރައްކާތެރިކަމުގެ އަމުރު ނުވަތަ އަށްވަނަ ބައިގާ ބުނާ އަވަސް އަމުރެއް ހޯދުމަށް ކޯޓުގައި އެދުމުގެ އިތުރުން/ނުވަތަ، އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހްޤީޤެއް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަށް ހުށަހެޅޭނެއެވެ.
އަދި މި މާއްދާގައި ގެވެށި އަނިޔާކަމަށް ބުނާ ޢަމަލެއް މީހަކާ މެދު ހިންގާފައިވާކަން ކަނޑައަޅާނީ ހާދިސާ ހިނގި ގޮތަށާއި، މާޙައުލަށާއި، ވަށައިގެންވާ ކަންކަމަށާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ އަށް ބިރުވެރިކަމެއް، އަނިޔާވެރިކަމެއް ނުވަތަ ދަތިކުރުން ފަދަ ކަމެއް ދިމާވެއްޖެ ނުވަތަ ދިމާވެދާނެކަމަށް ޤާބޫލުކުރެވޭ ހިނދުއެވެ.
މިސާލު: މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (1) )ގައި ބަޔާންކޮށްފައިވާ ގެވެށި ގުޅުމަކުން ގުޅިފައިވާ ފިރިމީހާ އޭނާގެ އަނބިމީގެ ޖިންސީގުނަވަނެއްގައި އަނިޔާވެދާނެފަދަ ގޮތަކަށް އަތްލުން ނުވަތަ ޖެހުން ނުވަތަ އެ ފަދަ ޢަމަލެއް ހިންގުމުގެ ސަބަބުން އަނބިމީހާއަށް އަނިޔާއެއްވެއްޖެނަމަ، އެ ކަން ބެލެވޭނީ ގެވެށި އަނިޔާގެ ޢަމަލެއްކަމަށެވެ.
މީގެ އިތުރުން، މީހަކު ހިންގި ޢަމަލަކީ އޭގެ ޒާތުގައި ގެވެށި ޢަމަލެއް ކަމުގައި ނުވިނަމަވެސް، އެމީހަކު، ޢަމަލު ކުރަމުން އަންނަ ގޮތަކީ ނުވަތަ ކަން ކުރަމުން އަންނަގޮތަކީ، އެކުރާ ކަންކަމަށް ޖުމުލަކޮށް ބަލައިފިނަމަ އެޢަމަލު ރައްދުވާ މީހައަށް އިހާނެތި އަދި މިމާއްދާގެ (ހ) ބަޔާންކޮށްފައިވާފަދަ ގެވެށި ޢަމަލެއްގެ ސިފަ ލިބޭ ޢަމަލެއް ކަމަށްވާނަމަ، އެމީހަކު ކުރަމުން އައިސްފައި އެވަނީ ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ބެލެވިދާނެއެވެ.
މިސާލު: ފިރިހެނަކު އޭނާގެ އަންހެނުންނާ ވާހަކަ ދައްކަނީ ކޮންމެހެން ވާހަކަ ދައްކަން ޖެހިއްޖެ ހިނދެއްގައި، ޢާންމުކޮށް މީހުން ވާހަކަ ދައްކާ ވަރަށް ވުރެން ހަރުކަށިކޮށެވެ. އަދި އޭނާ ގެއަށް އަންނަނީ މަދުންނެވެ. އަދި ދެމަފިރިން ދެމެދު އޮންނަ ގުޅުމެއްވެސް ފިރިމީހާ ނުބާއްވައެވެ. މިސާލުގައި ބަޔާންކޮށްފައި އެވާ ވަކިވަކި ޢަމަލުތަކަށް ބަލާއިރު، މިޤާނޫނުގައި ބުނާ ގެވެށި އަނިޔާގެ ޢަމަލަށް ނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް، އެ މިސާލުގައިވާ ފަދައިން ފިރިހެނަކު އޭނާގެ އަނބިމީހާއާމެދު ގިނަ ދުވަސްތަކެއް ވަންދެން އެގޮތަށް ޢަމަލު ކުރަމުންދާނަމަ، އަންހެން މީހާ އޭނާގެ ފިރިމީހާއާ މެދު ޖެހިލުންވެ، ކަމަކު ބޭނުން ވިޔަސް ބުނަން ނުކެރި، އެއަންހެން މީހާއަކީ ބޭނުން ނެތް މީހެއްކަމަށް އޭނާއަށް އަމިއްލައަށް އިޙްސާސް ކުރެވޭނެއެވެ. އަދި އަންހެން މީހާ އަމިއްލަ ނަފްސާމެދު ދެކޭގޮތް ބަދަލުވެ، އޭނާއަކީ ފިރިމީހާގެ އިޙްތިރާމް ލިބިގެންވާ އަދި ބޭނުންވާ މީހެއް ނޫންކަމަށް ޤަބޫލުކުރާނެއެވެ. ފިރިމީހާގެ މިޢަމަލުތަކަށް ޖުމްލަ ގޮތެއްގައި ބަލައިލުމުން، މިމާއްދާގެ (ހ) ގެ 3 ނަންބަރުގައި ބަޔާންކޮށްފައިވާ ނަފްސާނީގޮތުން ކުރާ އަނިޔާ ގޮތުގައި ބެލެވިދާނެއެވެ.
5. ޝިކާރައަކަށްވާ މީހާ
ގެވެށި އަނިޔާ ލިބޭ މީހާއަކީ މި ޤާނޫނުގައި ބުނާފަދަ ގެވެށި އަނިޔާ ސީދާގޮތެއްގައި ލިބޭ މީހެއް ނުވަތަ ކުއްޖެއްގެ އިތުރުން އެހެންމީހަކާ ނުވަތަ ކުއްޖަކާމެދު ހިންގާ އަމަލެއްގެ ސަބަބުން ނުސީދާގޮތަކަށް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައްވެސްމެއެވެ.
މިސާލު: އާމްދަނީއެއް ނުލިބޭ މަންމައަކަށް، ގޭގެ ިަރަދުތައް ބެލެހެއްޓުމަށާއި ކެއިންބުއިމަށް ިަރަދު ކުރުމަށް ފިރިމީހާ އެކަށީގެންވާވަރަށް ފައިސާ ޤަޞްދުގައި ނުދޭކަމަށް ވާނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން އެ ދެމީހުންގެ ދަރިފުޅުގެ މުހިއްމު ބޭނުންތައް މަންމައަށް ކޮށްނުދެވޭކަމުގައިވާނަމަ، އެ އަންހެންމީހާގެ އިތުރުން އެދެމަފިރިންގެ ދަރިފުޅަށްވެސް އެ ފިރިހެން މީހާގެ ފަރާތުން އެ ލިބެނީ މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ (4) ގައި ބުނާ މާލީގޮތުން ނުވަތަ އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ ގެވެށި އަނިޔާއެވެ.
6. ގެވެށި އަނިޔާގެ ކުށް
މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން މި ޤާނޫނުގެ ހަތްވަނަ ބައިގާ ބުނާ ރައްކާތެރިކުރުމުގެ އަމުރު ނުވަތަ އަށްވަނަ ބައިގާ ބުނާ އަވަސް އަމުރެއް ހޯދުމަށް ކޯޓުގައި އެދުމުގެ އިތުރުން/ނުވަތަ، އެ މައްސަލައާ ގުޅިގެން ޖިނާއީ ތަޙްޤީޤެއް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަށް ހުށަހެޅޭނެއެވެ. އަދި އެ މައްސަލައެއްގެ ހެއްކާއި ޤަރީނާ ވަޒަންކޮށް، އެކަށޭނެ ހެއްކާއި ޤަރީނާ ހުރިނަމަ، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެއެވެ.
މިސާލު: ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންގެ ތެރެއިން އެކަކު އަނެކާއަށް ނުވަތަ އޭނާގެ ޢާއިލާގެ މީހަކަށް އަނިޔާއެއް ދޭނޭކަމަށް ބުނެ ބިރުދައްކައިފިނަމަ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސަށް ހުށަހަޅެމުން، އެ މައްސަލައިގައި އެކަށޭނަވަރަށް ހެއްކާއި ޤަރީނާ ހުރި ކަމުގައިވާނަމަ، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރާ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ އުފުލޭނެއެވެ.
ހަމައެފަދައިން ގެވެށި އަނިޔާގެ ޢަމަލަކީ ޖިނާއީ ކުށަކަށް ނުވާނަމަ، މި ޤާނޫނުގެ ދަށުން ގެވެށި އަނިޔާގެ ޙާދިސާއެއް ދިމާވުމުން ޢަމަލުކުރުމަށް ކަ ނޑައަޅާފައިވާ އުޞޫލުން ކަންކުރެވިދާނެއެވެ.
މިސާލު: އެއްގެއްގައި ދިރިއުޅެމުންގެންދާ ގެވެށިގުޅުމަކުން ގުޅިފައިވާ އެއްބަ ނޑު އެއްބަފާ ދެކުދިންގެ މެދުގައި މައްސަލަޖެހި، އެތަނުން އެއްކުއްޖަކު އަނެއްކުއްޖާއާ މުޢާމަލާތްކުރުމުގައި ހަޑިހުތުރު ބަސް އަބަދު ބޭނުންކުރަމުންދާނަމަ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްކާތެރިކުރުމުގެ އަމުރަކަށް ނުވަތަ އަވަސް އަމުރަކަށް ކޯޓުގައި އެދެވިދާނެއެވެ.
7. ޖިނާއީ ޤާނޫނުތަކުގެ އިތުރުން މި ޤާނޫނު ހިންގުން
މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ގެވެށި އަނިޔާގެ ޢަމަލަކާ ގުޅިގެން މި ޤާނޫނުގެ ހަތްވަނަ ބައިގާ ބުނާ ރައްކާތެރިކަމުގެ އަމުރު ނުވަތަ އަށްވަނަ ބައިގާ ބުނާ އަވަސް އަމުރެއް ހޯދުމަށް ގެވެށި އަނިޔާ ލިބޭ މީހެއް ނުވަތަ އޭނާގެ ފަރާތުން މީހަކު ހުށަހެޅި ކަމުގައިވީނަމަވެސް، އެ ގެވެށި އަނިޔާގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސަށް ހުށަހެޅިއްޖެނަމަ، އެ އަމަލަކީ ޖިނާއީ ކުށެއްތޯ ކަ ނޑައަޅައި، އެ މައްސަލައަކާ ގުޅިގެން ތަހްޤީޤު ހިންގައި، މައްސަލައާ ގުޅިގެން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަމުގައިވާ ނަމަ، އެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
8. ގެވެށި އަނިޔާގެ ޢަމަލު ރިޕޯޓު ކުރުން
ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފިނަމަ ނުވަތަ ހިނގާފާނޭ ކަމަށް ޤަބޫލުކުރެވޭ ހިނދު، އެ ކަމެއް ފުލުހުންނަށް ރިޕޯޓު ކުރެވޭނެ ފަރާތްތައް ބަޔާންކުރެއެވެ. ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފިކަން ނުވަތަ ހިނގާފާނޭ ކަމަށް ޤަބޫލުކުރެއްވިޖެ ކޮންމެ މީހަކަށްވެސް އެ ފަދަ ކަމެއް ފުލުހުންނަށް ރިޕޯޓުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި ގެވެށި އަނިޔާގެ ޢަމަލެއް ރިޕޯޓުކުރާ މީ ހާގެ މަޢުލޫމާތު މައްސަލައާ ގުޅިގެން ހާމަކުރަންޖެހޭ އިދާރާތަކުގެ އިތުރުން އެހެނިހެން ފަރާތްތަކަށް ހާމަނުކުރުމުގެ އި ިްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި މައްސަލަ ހުށަހަޅާ މީހާ އެދިއްޖެ ހިނދު، ލިބިދޭންޖެހޭ ރައްކާތެރިކަން މައްސަލަ ތަޙްޤީޤުކުރަމުންދާ މަރުޙަލާގަ އާއި އެ މައްސަލައެއް ކޯޓަށް ހުށަހެޅި، ހިނގަމުންދާ މަރުޙަލާގައި ފޯރުކޮށްދޭންވާނެއެވެ. އަދި މި މާއްދާގައި ބުނާ ފަރާތްތަކަށް ގެވެށި އަނިޔާގެ ޢަމަލެއް ރިޕޯޓުކުރުމަށް ދަތިވާނަމަ ނުވަތަ ހުރަހެއްވާނަމަ، މި މާއްދާގައި ބަޔާންވެފައިވާ ކޮންމެ ފަރާތަކަށްވެސް ރައްކާތެރިކުރުމުގެ އަމުރެއް ހޯދުމަށް ނުވަތަ ހޯދުމަށް އެހީތެރިވުމަށް ކޮންމެ ފަރާތަކުންވެސް އެހީތެރިކަން ހޯދިދާނެއެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް ރައްކާތެރިކަމުގެ އަމުރެއް ހޯދުމަށް އަމަލީ ގޮތުން ދަތިވާނަމަ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަކީ ކުރެވިދާނެކަމެކެވެ.
9. ރިޕޯޓުކުރުމުގެ ޒިންމާ
ޞިއްޙީ ދާއިރާއިން ރިޕޯރޓުކުރުމުގައި ޢަމަލުކުރާނީ "ހެލްތު ސެކްޓަރ ރެސްޕޮންސް ޓު ޖެންޑަރ ބޭސްޑް ވައިލަންސް" ގައިޑްލައިންގައިވާ އުސޫލުގެމަތިން ކަނޑައެޅިފައިވާ (ރެފަރަލް) ޕާރތުވޭގެ ދަށުންނެވެ. އަދި މި ޕާރތުވޭގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ފުލުހުން އަދި މިނިސްޓަރީ އޮފް ލޯ އެންޑް ޖެންޑަރ (އަތޮޅު ތެރޭގައި ނަމަ ފެމެލީ އެންޑް ޗައިލްޑް ސަޕޯރޓް ސެންޓަރ) އަށް ޞިއްޙީ ދާއިރާއިން ރިޕޯރޓުކުރަންވާނެއެވެ.
10. ރިޕޯޓަށް ފުލުހުން ޢަމަލުކުރުން
މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގައި ބުނާފަދަ ޢަމަލެއް ހިނގައިފިކަމަށް ފުލުހުންނަށް ރިޕޯޓު ކުރެވުމުން، މި ޤާނޫނުގެ ދަށުން ފުލުހުންނާ ޙަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރަންވާނެއެވެ. އެގޮތުން، އެ މައްސަލައިގާ ޖިނާއީ ޢަމަލެއް ހިމެނޭކަމަށްވާނަމަ، އެހެނިހެން ޖިނާއީ މައްސަލަތަކާ މެދު ޢަމަލުކުރާ އުޞޫލުން، މިބާވަތުގެ މައްސަލައެއްގައިވެސް އެކަށޭނެ ހެއްކާއި ޤަރީނާ ހުރިކަމަށްވާނަމަ، ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ދަޢުވާ ކުރުމަށް ހުށަހަޅަންވާނެއެވެ. އަދި ފުލުހުންނަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލައެއްގައި ޖިނާއީ ޢަމަލެއް ހިމެނިފައި ނުވާކަމުގައިވީނަމަވެސް، މި ޤާނޫނުގެ 11 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާއާ ގުޅިގެން ފުލުހުން ޢަމަލުކުރާނޭ ގޮތާއި މި ޤާނޫނުން ފުލުހުންނާ ޙަވާލުކުރެވިފައިވާ ޒިންމާތައް ތަންފީޛުކުރާނޭ ގޮތް ބަޔާންކުރާ އަދި ފުލުހުން އަމަލުކުރާނޭ ގޮތުގެ އެސް.އޯ.ޕީއެއް ފުލުހުންގެ ފަރާތުން ހެދިފައި އޮންނަންވާނެއެވެ.
11. އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ
މި މާއްދާއިން އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުކޮށްފައިވަނީ ފުލުހުންނަށެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހަކު އެހީތެރިކަމަށް އެދިއްޖެ ނަމަ ނުވަތަ މިމާއްދާގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންކަމުގެ މަޢްލޫމާތު ލިބިއްޖެނަމަ، އެމީހަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ފުލުހުންނަށް ފެންނަ ހިނދު ނުވަތަ އެ ފަދަ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯޓަކުން އަމުރުކުރާ ހިނދު، ފުލުހުންގެ ވަސީލަތްތައް ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
12. ޞިއްޙީ ޚިދުމަތްދޭ ފަރާތުގެ ޒިންމާ
މި މާއްދާއިން ގެވެށި އަނިޔާގެ ޢަމަލެއް ފާހަގަ ކުރެވޭ ހިނދު ނުވަތަ އެ ފަދަ ކަމެއް ހިނގައިދިޔަކަމަށް މަޢުލޫމާތު ލިބުމުން، ޞިއްޙީ ިިދުމަތްދޭ ފަރާތްތައް ޢަމަލުކުރާންވާ ގޮތް ބަޔާންކުރެއެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އަނިޔާއެއްވެފައިވާކަން ފާހަގަކުރެވިފައިވާނަމަ ނުވަތަ އެ ފަދަ އެއްވެސްކަމެއް ފާހަގަ ނުކުރެވުނު ކަމުގައިވީނަމަވެސް، އެ މީހަކާ ގުޅޭ ރިޕޯޓެއް ޞިއްޙީ ޚިދުމަތްދޭ ފަރާތުން ތައްޔާރުކޮށް، މި މާއްދާގެ (ރ) ގެ (3) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ހުށަހަޅަންވާނެއެވެ. އަދި ޞިއްޙީ ިިދުމަތްދޭ ފަރާތަކުން އެމީހަކަށް ފޯރުކޮށްދޭނެ ިިދުމަތެއް ނެތްކަމުގައިވީނަމަވެސް، ގެވެށި އަނިޔާ ލިބިފައިވާ މީހެއް އެދިއްޖެނަމަ ނުވަތަ އެމީހަކަށް ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރެވޭ އެފަދަ ިިދުމަތަކާ ގުޅިގެން މަޢުލޫމާތު ސާފުކޮށްދީ އެިިދުމަތެއް ހޯދައި ދިނުމަށް އެހީތެރިވެދޭން ވާނެއެވެ.
މި މާއްދާގެ (ހ) އަދި (ރ) ގެ (1)ގައި ބަޔާންކޮށްފައިވާ ގޮތުން އެންމެ މަތީ ދަރަޖައަކަށް ބެލެވޭނީ ޞިއްޙީ ިިދުމަތްދޭ ތަންތަނުގައި ހުރި ވަސީލަތްތަކަށް ބިނާކޮށެވެ. އެގޮތުން "ހެލްތު ސެކްޓަރ ރެސްޕޮންސް ޓު ޖެންޑަރ ބޭސްޑް ވައިލަންސް" ގައިޑްލައިންގައިވާ އުސޫލާއި އެއްގޮތަށެވެ. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން ނަފްސާނީ އެހީދިނުމުގައި ޢަމަލުކުރާނީ " ހެލްތު ސެކްޓަރ ރެސްޕޮންސް ޓު ޖެންޑަރ ބޭސްޑް ވައިލަންސް" ގައިޑްލައިންގައިވާ އުސޫލުގެމަތިން ކަނޑައެޅިފައިވާ (ރެފަރަލް) ޕާރތުވޭގެ ދަށުންނެވެ.
13. އިޖުތިމާޢީ ޚިދުމަތްދޭ މަރުކަޒުގެ ޒިންމާ
މި މާއްދާއިން އިޖްތިމާޢީ ޚިދުމަތްދޭ މަރުކަޒު އަދި އެ މަރުކަޒަކުން ކުރަންޖެހޭ ކަންކަން ބަޔާންކުރެއެވެ. އިޖްތިމާޢީ ޚިދުމަތްދޭ ފަރާތްތަކަކީ، މިފަދަ ހިދުމަތްދޭ މިނިސްޓްރީއަކާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން އިޖްތިމާޢީ ޚިދުމަތްދެވޭނެ ފަރާތެއް ކަމަށް ކަ ނޑައަޅާ ފަރާތަކުންނާއި އެފަދަ ހިދުމަތްތައް ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކުންނެވެ. އަދި މި ޚިދުމަތް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެންމެ އެކަށޭނެ ގޮތަށް ފޯރުކޮށްދިނުމަށްޓަކައި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ލަފާ ހޯދަންވާނެއެވެ. މީގެ އިތުރުން، އިޖްތިމާޢީ ޚިދުމަތްދޭ މިނިސްޓްރީއަކުން މިޚިދުމަތް ފޯރުކޮށް ނުދެވޭ ހިނދު ނުވަތަ ފޯރުކޮށް ދިނުމަށް ދަތިވާ ހިނދު، އެ ކަންކަން ޙައްލުކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ކަމާ ގުޅުންހުރި އެހެން މުއަށްސަސާތަކާ ގުޅިގެން މަސައްކަތް ކުރަންވާނެއެވެ. މިޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، އިޖްތިމާޢީ ޚިދުމަތްދޭ މަރުކަޒު މޮނީޓަރކުރުމަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ. އަދި މި ޤާނޫނުގެ 53 ވަނަ މާއްދާގެ މަފްހޫމަށް ބެލުމުން، މި މާއްދާގައި ފާހަގަކޮށްފައިވާ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަމުގެ މަރުކަޒުތައް ޤާއިމުކޮށް ހިންގުމަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޒިންމާއެއްކަން އެނގެއެވެ.
14. ފުލުހުން ކުރަންޖެހޭ ބައެއް ކަންކަން
މި މާއްދާގައި ގެވެށި އަނިޔާގެ ހާދިސާއެއް ހިނގައިފިކަމުގެ މަޢުލޫމާތު ލިބުމުން ފުލުހުން ޢަމަލުކުރާނޭ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއެވެ. ގެވެށި އަނިޔާގެ ހާދިސާއެއް ހިނގައިފިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، އެ މަޢުލޫމާތު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ޙިއްޞާކުރުން، އިޖްތިމާޢީ ިިދުމަތް ދޭ ފަރާތެއް އެ ޙާދިސާއެއް ހިނގި ތަނަކަށް ގެންދިއުން އަދި އެފަދަ ޙާދިސާއަކާއި ގުޅިގެން އަނިޔާ ލިބިފައިވާ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ޙާލަތަށް ބަލައި، ކޯޓު އަމުރަކާ ނުލައި، ގެވެށި އަނިޔާގެ ހާދިސާ ހިނގާ ތަނަކަށް ފުލުހުންނަށް ވަދެވިދާނެކަމަށް މި މާއްދާގައި ބަޔާންކުރެއެވެ.
އަދި ގެވެށި އަނިޔާގެ ޢަމަލަކީ ޖިނާއީ ޢަމަލެއް ހިމެނޭ ކަމަކަށް ވާނަމަ، ފުލުހުންގެ ވަޞީލަތްތައް ހުރި މިންވަރަކުން މައްސަލަ ވީއެންމެ އަވަހަކަށް ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި މި ބާވަތުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ހެކި އަދި ޤަރީނާ ހޯދުމުގައި ދިމާވާ ދަތިތަކާއި އުނދަކޫތައް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ޙިއްޞާކޮށް، ޤާނޫނީގޮތުން އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރަންވާނެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅުމުން، އެ ކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ވީ އެންމެ އަވަހަކަށް އެންގުމުގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އަދި ފެމިލީ ކޯޓަށް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު މި ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
15. ޙައްޤުތައް ބަޔާންކޮށްދިނުން
ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ޙާޟިރުކުރެވޭ މީހުންނަށް މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ މީހަކަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދެވެން އޮތް ިިދުމަތްތަކާއި އަދި ގެވެށި އަނިޔާގެ ޢަމަލަކުން ސަލާމަތްވުމަށް އެ މީހަކަށް ކުރެވޭނޭ ކަންކަމުގެ މަޢުލޫމާތު ހަމަ އެފަދަ ކޮންމެ މީހަކަށްމެ ފުލުހުންގެ ފަރާތުން ދޭންވާނެއެވެ. އަދި މިކަން ކުރެވޭނެ ގޮތުގެ ތަފްސީލު، ފުލުހުން މިފަދަ މައްސަލަތަކުގައި ޢަމަލުކުރާނޭ ގޮތުގެ އެސް.އޯ.ޕީގައި ބަޔާންކުރަންވާނެއެވެ.
އެ ގޮތުން، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހާއަކީ ބޭރު ޤައުމެއްގެ މީހެއް ނަމަ، އެ މީހަކަށް ތަރުޖަމާނެއް ހޯދައިދިނުމަކީ ފުލުހުން ކުރަންވާނެކަމެކެވެ. އަދި ކޮންމެ މީހަކުވެސްމެ، ފުލުހުންދޭ މަޢުލޫމާތެއް ލިޔުމުން ބޭނުންވާނަމަ، އެ މަޢުލޫމާތެއް އެ މީހަކަށް ލިޔުމުން ދޭންވާނެއެވެ. އަދި ލިޔުމުން އެ މަޢުލޫމާތަށް އެދޭ މީހާއަކީ ބޭރު ޤައުމެއްގެ މީހެއް ނަމަ، އެ މަޢުލޫމާތެއް އެ މީހަކަށް ދޭންވާނީ އެ މީހަކަށް ކިޔަން އެނގޭ ބަހަކުން ލިޔެފައެވެ. އަދި، އެ ފަދަ މީހަކު އިތުރު އެހީތެރިކަމަކަށް އެދޭހިނދު، ފުލުހުން އެ ކަމަށް އެއްބާރުލުން ދޭންވާނެއެވެ.
16. ގެވެށި އަނިޔާގެ ރިޕޯޓު ތައްޔާރުކުރުން
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސަށް ހުށަހެޅޭ ކޮންމެ މައްސަލައަކާ ގުޅިގެން ރިޕޯޓެއް ތައްޔާރުކޮށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އެރިޕޯޓުގައި ބަޔާންކުރަންޖެހޭނެ ކަމަށް މި މާއްދާގައި ބަޔާންކުރާ މަޢުލޫމާތުތަކުގެ އިތުރުން، ޙާދިސާއާ ގުޅިގެން ފުލުހުން ހިމަނަން ބޭނުންވާ ތަފްސީލުތައް ހިމެނޭނެއެވެ.
17. އަހަރީ ރިޕޯޓު ތައްޔާރުކުރުން
މި މާއްދާގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށާއި ފެމިލީ ކޯޓަށް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓަކީ މި މާއްދާގައި ކަ ނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަންޖެހޭ ރިޕޯޓެކެވެ. އަހަރީ ރިޕޯޓު ހުށަހެޅުމަކީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިިޚްތިޔާރުގައިވާކަމެއް ނޫނެވެ.
މި ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާއި 16 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ފަރާތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާ މައްސަލަތަކުގެ ތަފްސީލު އެ އޮތޯރިޓީއަށް ހުށަހެޅިފައި ހުންނާނެތީ، އެ މައްސަލަތަކުގެ ތަފްސީލު ކޮންމެހެން މި ރިޕޯޓުގައި ހިމަނާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެ މައްސަލަތައް ހުށަހެޅިފައިވާކަމާއި، އެ މައްސަލަތަކުގައި ޢަމަލުކުރެވިފައިވާ ގޮތް މި ރިޕޯޓުން ސާފުވާން ވާނެއެވެ.
18. ރައްކާތެރިކަމުގެ އަމުރު
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ ގެވެށި އަނިޔާ ގެ އަމަލުން ރައްކާތެރިކޮށް ޙިމާޔަތް ކޮށްދިނުމަކީ މި ޤާނޫނުގެ މައިގަ ނޑު އެއް މަޤްޞަދެވެ. ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާ ގެ އަމަލެއް ހިނގާ ހިނދު ނުވަތަ ގެވެށި އަނިޔާގެ އަމަލެއް ހިނގާފާނެ ކަމަށް މީހަކަށް ޤަބޫލުކުރެވޭ ހިނދު، އެ މީހަކު ކޯޓަކަށް ހުށަހެޅުމުން، އެ ކޯޓަކުން، ގެވެށި އަނިޔާގެ އަމަލު ހިންގާ ފަރާތް ނުވަތަ ފަރާތްތަކުގެ ކިބައިން ރައްކާތެރިކޮށް ޙިމާޔަތްކޮށް، އެފަދަ ފަރާތްތަކަށް ޖިސްމާނީ ރައްކާތެރިކަމާއި ނަފްސާނީ ރައްކާތެރިކަމާއި، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، އޭނާއަށް ލިބިގެންވާ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ގެވެށި އަނިޔާ ހިންގާ މީހާއަށް ވަކިކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އަންގައި، ދިވެހިރާއްޖޭގެ ފެމިލީ ކޯޓުން ނުވަތަ ރަށެއްގައިނަމަ މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ ޤާނޫނީ އަމުރެވެ.
މިސާލު: މީހަކު ކުރިން ކައިވެނިކޮށްގެން އުޅުނު މީހާ އޭނާއަށް ތަކުރާރުކޮށް ގުޅައި، މެސެޖުކޮށް އަދި މަގުމަތިން ދިމާކޮށް، ދާ ކޮންމެ ތާކުން ފެންނަކަމަށްވާނަމަ، އެމީހަކު އެ ކަމުން ސަލާމަތްވުމަށްޓަކައި، އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނު މީހާއާ ދެކޮޅަށް ރައްކާތެރިކުރުމުގެ އަމުރެއް ހޯދުމަށް ކޯޓުގައި އެދެވިދާނެއެވެ.
19. ރައްކާތެރިކަމުގެ އަމުރަކަށް އެދުން
މި މާއްދާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދެންވާނީ މާލޭގައި ނަމަ ދިވެހިރާއްޖޭގެ ފެމިލީ ކޯޓު، ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށެވެ. ފެމިލީ ކޯޓުގައި ނަމަ ރައްކާތެރިކުރުމުގެ އަމުރަށް އެދޭނީ އެ ކޯޓުގައި އެކަމަށް ކަ ނޑައަޅާފައިވާ ޙާއްޞަ ފޯމަކުންނެވެ. ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން އެފަދަ މައްސަލަތައް ހުށަހެޅުމަށް ކަ ނޑައަޅާފައި އޮންނަ އުޞޫލެއް އެ ކޯޓަކުން ސާފުކުރުމަށްފަހު، އެ އުޞޫލުގެ ދަށުންނެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވަނީ ކުޑަކުއްޖެއް ނަމަ ނުވަތަ ޙާއްޞައެހީއަށް ބޭނުންވާ މީހެއްނަމަ އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރިއަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ޙަވާލުވެފައިވާ ފަރާތެއް ނުވަތަ މި ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މީހުން ކުރެ މީހަކު މެދުވެރިކޮށް ރައްކާތެރިކުރުމުގެ އަމުރަކަށް އެދެވިދާނެއެވެ. ގެވެށި އަނިޔާގެ ޝިކާރައަށްވެފައިވާ ފަރާތަކީ މި ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައި ހުރި ފަރާތެއް ކަމުގައި ވާނަމަ، އަދި އެޙާލަތުގެ ސަބަބުން އަމިއްލައަށް ރައްކާތެރިކުރުމުގެ އަމުރަށް އެދުމަށް ޢުޒުރުވެރިވާނަމަ މި ޤާނޫނުގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ އެދޭ ކޮންމެ ފަރާތަކުންވެސް ރައްކާތެ ރިކުރުމުގެ އަމުރަކަށް އެދުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
20. ރައްކާތެރިކަމުގެ އަމުރަކަށް އެދޭހިނދު ހިނގާނެ އުސޫލު
މި މާއްދާއިން، 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ފަރާތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭހިނދު ހިނގާ ނެ އުޞޫލު ބަޔާންކުރެއެވެ. މި ޤާނޫނުގެ ބޭނުމަށްޓަކައި "ކުޑަކުދިން" ކަމުގައި ބެލެވޭނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ޤާނޫނު (ޤާނޫނު ނަމްބަރު 91/9)ގެ 30 ވަނަ މާއްދާގައި ކުޑަކުދިން މާނަ ކޮށްދީފައިވާ ގޮތަށް "މައިމީހާގެ ބަ ނޑުގައި އާދަމުގެ ދަރިޔާ ގަރުބަގަތީއްސުރެ، ދުނިޔެއަށް އުފަންވުމާ ދެމެދުގެ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު މީލާދީގޮތުން 18 އަހަރު ފުރިފައިނުވާ ކުދިންނެވެ.
20. ރައްކާތެރިކަމުގެ އަމުރަކަށް އެދޭހިނދު ހިނގާނެ އުސޫލު
މި މާއްދާއިން، 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ފަރާތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭހިނދު ހިނގާ ނެ އުޞޫލު ބަޔާންކުރެއެވެ. މި ޤާނޫނުގެ ބޭނުމަށްޓަކައި "ކުޑަކުދިން" ކަމުގައި ބެލެވޭނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ޤާނޫނު (ޤާނޫނު ނަމްބަރު 91/9)ގެ 30 ވަނަ މާއްދާގައި ކުޑަކުދިން މާނަ ކޮށްދީފައިވާ ގޮތަށް "މައިމީހާގެ ބަނޑުގައި އާދަމުގެ ދަރިޔާ ގަރުބަގަތީއްސުރެ، ދުނިޔެއަށް އުފަންވުމާ ދެމެދުގެ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު މީލާދީގޮތުން 18 އަހަރު ފުރިފައިނުވާ ކުދިންނެވެ.
ރައްކާތެރިކުރުމުގެ އަމުރަކާ ގު ޅިގެން ކުޑަކުއްޖެއްގެ ބަސް ބޭނުންވާ ހިނދު، އެކުއްޖެއްގެ ބަސް ހޯދުމަށް މި މާއްދާއިން ބާރުއަޅައެވެ. ކުޑަކުއްޖެއްގެ ބަސް ޝަރީޢަތަށް ހޯދުމުގައި އެ ކުއްޖާގެ އުމުރަށާއި ތަޞައްރުފު ފުދުންހުރި މިންވަރަށް ބަލައި ކޯޓުން ކަ ނޑައަޅާ އުޞޫލެއް ނުވަތަ ވަސީލަތެއް ބޭނުންކޮށްގެން އެ ކުއްޖެއްގެ ހެކިބަސް ނަގައި، އެ ހެކިބަހަށް ރިޢާޔަތްކުރުމުގެ އިޚްތިޔާރު އެ މައްސަލަ ބަލާ ކޯޓަށް ލިބިގެންވެއެވެ.
21. ކައިވެނިކޮށްގެން އުޅޭ ކުޑަކުދިން އަމުރަށް އެދުން
މި ޤާނޫނުގެ ބޭނުމަށްޓަކައި ކައިވެނިކޮށްގެން އުޅޭ އުމުރުން 18 އަހަރު ފުރިފައި ނުވާ ކުއްޖަކީ ބުއްދި ސަލާމަތުން ހުރި ކުއްޖެއް ކަމުގައިވާނަމަ އެ ކުއްޖާ އަމިއްލައަށްވެސް މި ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ރައްކާތެރިކަމުގެ އަމުރަކަށް އެދެވިދާނެއެވެ. އެއީ މި ޤާނޫނުގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކޮންމެ މީހަކަށްމެ ލިބިފައިވާ ޙައްޤެކެވެ.
22. ނުކުޅެދުންތެރިކަން ހުރި މީހުން އަމުރަކަށް އެދުން
މައިގަނޑުގޮތެއްގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ރައްކާތެރިކަމުގެ އަމުރަށް އެދޭނަމަ، އެ އަމުރަށް އެދެނީ މައިންބަފައިން ނުވަތަ ބެލެނިވެރިއަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ޙަވާލުވެހުރި ފަރާތެއް ނުވަތަ މި ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ޤާނޫނު ނަމްބަރު 2010/8 )ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭ ކައުންސިލް މެދުވެރިކޮށް ރައްކާތެރިކަމުގެ އަމުރަށް އެދެވޭ ތިން ޙާލަތެއް ބަޔާންކޮށްފައިވެއެވެ. މި ގޮތުން، އަމު ރަށް އެދެވޭ އެމީހެއްގައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން ނުވަތަ އާންމު އިންސާނުން ގޮތަށް ވިސްނުމުގެ ބާރުނެތް ނުވަތަ ވިސްނުމުގައި ހުރި އުނިކަމެއްގެ ސަބަބުން، ނިންމުންތައް ނިންމުމުގެ ކުޅަދާނަކަން ނެތުމުގެ ސަބަބުން، ނުވަތަ ވިސްނުމުގެ ޤާބިލުކަމާއި ފަހުމް ވުމުގެ ޤާބިލުކަން ހުރިކަމުގައި ވީނަމަވެސް ބަޔާންކޮށްދިނުމުގެ ނުވަތަ އަންގައި ދިނުމުގެ ޤާބިލުކަން ނެތުމުންނެވެ.
މިސާލު: ގެވެށި އަނިޔާގެ ޝިކާރަ އަކަށްވެފައިވާ އަޑުއެހުމުން މަޙުރޫމްވެފައިވާ ލިޔަން ކިޔަން ނުދަންނަ ފިރިހެނާ، އޭނާ އަކީ ކަންކަން ވިސްނޭ ބުއްދިސަލާމަތުން ހުރި މީހަކު ކަމުގައިވީނަމަވެސް، އޭނާއަށް ވާހަކަ ދެއްކުމާއި ލިޔުމުގެ ޤާބިލުކަން ނެތް ހިނދު އެ މީހާގެ މައިންބަފައިން ނުވަތަ ބެލެނިވެރިއަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ޙަވާލުވެހުރި ފަރާތެއް ނުވަތަ މި ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އިތުރުން ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭ ކައުންސިލް މެދުވެރިކޮށް ރައްކާތެރިކަމުގެ އަމުރަކަށް އެދެވިދާނެއެވެ.
23. ތިންވަނަ ފަރާތެއް މެދުވެރިކޮށް އަމުރަކަށް އެދުން
މި ޤާނޫނުގެ މައިގަނޑު އެއް މަޤްޞަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ރައްކާތެރިކޮށްދިނުން ކަމުގައިވީ ހިނދު، މި މާއްދާއިން ގެވެށި އަނިޔާ ލިބުނު ފަރާތަކަށް އެ ފަދަ ޢަމަލެއް ރިޕޯޓުކުރަން ޙާލަތު ތަން ނުދޭހިނދު، އެ ހާދިސާއެއް ރިޕޯޓްކުރެވޭނެ އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ފަރާތް ކޯޓެއްގައި ތަމްސީލުކުރާނެ ފަރާތްތައް ކަނޑައަޅައިދެއެވެ. އެ ގޮތުން، ތިމާގެ މީހުން، ރައްޓެހިން އަދި އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކަށްވެސް ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކުރެވިދާނެއެވެ.
24. ރައްކާތެރިކަމުގެ އަމުރު ނެރުމުގެ ބާރު
މި ޤާނޫނުގެ ބޭނުމަށްޓަކައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ، ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެއްގެ ފަރާތުން މި ޤާނޫނުގެ 8 ވަނަ މާއްދާގެ )ށ( ގައި ބުނާ މީހުންކުރެ މީހެއް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުން މި ޤާނޫނުގެ ދަށުން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ކޯޓު އަމުރަކަށް އެދުމުން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމުގައި ދެ ކަމަކަށް ރިޢާޔަތް ކުރަންވާނެއެވެ. އެއީ:
އެމީހަކާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ފަރާތް؛ މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގެވެށި ގުޅުމަކުން ގުޅިފައިވާ ފަރާތް ގެވެށި އަނިޔާގެ އަމަލު ތަކުންކުރެ ޢަމަލެއް ހިންގަމުން ދިއުން ނުވަތަ ހިންގަފާނެކަން: މި ތަނުގައި އެ ފަދަ ޢަމަލެއް ހިންގަފާނެކަމުގެ އިހްތިމާލު ބޮޑު ވެއްޖެ ނަމަ ރައްކާތެރިކަމުގެ އަމުރު ކޯޓުން ނެރެދޭންވާނެއެވެ.
އެފަދަ އަމުރެއް ކުރުމަކީ، އަމުރަށް އެދިފައިވާ ފަރާތުގެ ނުވަތަ އެ ފަރާތުގެ ދަރިއެއް ނުވަތަ އެ ފަރާތުގެ ޢާއިލާގެ މެންބަރެއްގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެކެވެ.
25. އެހެން ދައުވާއެއް އޮތުން އަމުރު ނެރުމަށް ހުރަހަކަށް ނުވުން
އަމުރު ނިސްބަތްވާ ފަރާތާ ގުޅިގެން ނުވަތަ އެފަރާތާ ދެކޮޅަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަހެޅިފައިވީނަމަވެސް، ގެވެށި އަނިޔާގެ ޝިކާރައަކަށް ވާފަރާތުން އެ މީހަކާ ދެކޮޅަށް ރައްކާތެރިކަމުގެ އަމުރަކަށް އެދުމަކަށް ހުރަހެއް ނާޅައެވެ.
މިސާލު: މީހަކު، އޭނާއާ އެއްގެއެއްގައި ދިރިއުޅޭ އޭނާގެ ދޮންމަންމަގެ މުދަލަށް ގެއްލުން ދިނުމާ ގުޅިގެން، އެ މައްސަލަ ފުލުހުންގެ ފަރާތުން ތަޙްޤީޤުކޮށް، ކްރިމިނަލް ކޯޓަށް ހުށަހެޅުނު ނަމަވެސް، ހަމަ އެ ހާދިސާ އާގުޅިގެން އޭނާއާ ދެކޮޅަށް، އޭނާގެ ދޮންމަންމަ ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމަކަށް ހުރަހެއް ނެތެވެ.
26. އަމުރަށް އެދޭމީހާނޫން އެހެން މީހެއް ރައްކާތެރިކުރުން
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހަކު ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ ހިނދު، އެ މީހަކަށް ދިމާވި ގެވެށި އަނިޔާގެ ޢަމަލުގެ އަސަރުކުރާ މީހުން ރައްކާތެރިކުރެވޭ ގޮތަށް އެ ފަދަ އަމުރެއް ކޯޓަކުށް ނެރެވިދާނެއެވެ.
މިސާލު: މަންމައަކާއި މެދު މާރާމާރީގެ ޢަމަލެއް ހިނގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ ޙާލަތުގައި، އޭނާގެ ދަރިންނަށް އެފަދަ ޢަމަލެއް ހިނގިތަން ފެނިފައިވާނަމަ، އެ ކުދިންވެސް ރައްކާތެރިކުރެވޭ ގޮތަށް، އެ ކުދިންގެ މަންމަ އެދިފައިވާނަމަ، މިގޮތަށް ރައްކާތެރިކުރުމުގެ އަމުރު ކޯޓުން ނެރެވިދާނެއެވެ.
27. ރައްކާތެރިކަމުގެ އަމުރު ތިންވަނަ ފަރާތަކަށް ނިސްބަތްވުން
ގެވެށި އަނިޔާ ގެ ޢަމަލު ހިންގީ އެހެން މީހަކު އެ ޢަމަލު ހިންގަން ހިތްވަރުދީގެންނަމަ، އެ ޢަމަލަކަށް ހިތްވަރުދިންމީހާ ނުވަތަ އެ މީހަކު ލައްވައި އެ ޢަމަލު ހިންގިމީހާ ކަމަށް ސާބިތުކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ހުރިކަމުގައިވާނަމަ އެ މީހަކާ ދެކޮޅަށް ކޯޓުން ރައްކާތެރިކަމުގެ އަމުރު ނެރެން ވާނެއެވެ.
މިސާލު: ފިރިމީހާ އޭނާގެ އަނބިމީހާއަށް ޖިސްމާނީ އަނިޔާކުރާއިރު ފިރިމީހާގެ މައިންބަފައިން އެ ކަމަށް ހިތްވަރު ދޭނަމަ ނުވަތަ ފިރިމީހާ އަނބިމީހާއަށް އަނިޔާކުރަނީ ފިރިމީހާގެ މައިންބަފައިން ބުނެގެން ކަމުގައި ކޯޓުގައި ސާބިތުވެއްޖެނަމަ ފިރިމީހާގެ މައިންބަފައިންނާ ދެކޮޅަށް ރައްކާތެރިކަމުގެ އަމުރު ނެރެންވާނެއެވެ.
28. ރައްކާތެރިކުރުމުގެ އަމުރުގެ ޢާންމު ޝަރުތުތައް
ރައްކާތެރިކަމުގެ އަމުރެއް ކޯޓުން ނެރޭއިރު، އެ އަމުރުގައި ރައްކާތެރިކަމުގެ އަމުރު ނިސްބަތްވާ ފަރާތަށް ކަންތައްތަކެއް ނުކުރުމަށް ނުވަތަ ކަންތައްތަކަކުން ދުރުހެލިވުމަށް ކަ ނޑައަޅާނެއެވެ. މައިގަ ނޑުގޮތެއްގައި އެކަންކަމަކީ ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން އަނިޔާގެ ޝިކާރައަކަށްވާ ފަރާތަށް ގެވެށި އަނިޔާގެ ގޮތުގައި ލިބިފައިވާ އަނިޔާގެ ކަންކަމެވެ. ނަމަވެސް، އެފަދަ އަމުރެއްގައި ބަޔާންކުރާ ކަންކަމުގެ އިތުރުން މި މާއްދާގައި ބަޔާންކުރާ ކަންކަން ނުވަތަ ޢަމަލުތަ އް ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން ނުކުރުމަށް މި ޤާނޫނު ލާޒިމުކުރެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަކަމަކާ ިިލާފުވެއްޖެނަމަ، އެ މީހަކު ރައްކާތެރިކުރުމުގެ އަމުރާއި ިިލާފުވީކަމަށް ބެލެވޭނެއެވެ.
29. މުޢާމަލާތްކުރުން މަނާކުރުމުގެ ޝަރުޠު
މި މާއްދާގައި ބަޔާންކުރަނީ ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ ފަރާތާއި އެ އަމުރު ރައްދުވާފަރާތް އެއްގެއެއްގައި ދިރިއުޅޭ ނަމަ، ރައްކާތެރިކުރުމުގެ އަމުރުގައި ކަ ނޑައަޅާފައިވާ ކަންކަމުގެ އިތުރުން ރައްކާތެރިކުރުމުގެ އަމުރު ރައްދުވާފަރާތަށް ކުރުމަށް ނުވަތަ ނުކުރުމަށް ކޯޓަށް ލާޒިމުކުރެވިދާނެ ކަންކަމެވެ. އަދި އެ ފަދައިން ކޯޓުން ލާޒިމުކުރާ ކަމަކާ ިި ލާފުވެއްޖެނަމަ، އެމީހަކު ރައްކާތެރިކުރުމުގެ އަމުރާ ޙިލާފުވީކަމަށް ބެލެވޭނެއެވެ.
30. މުޢާމަލާތްނުކުރުމުގެ ޝަރުޠާގުޅޭ އިތުރު އުޞޫލުތައް
މި މާއްދާގައި ބަޔާންކުރަނީ ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ ފަރާތާއި އެ އަމުރު ރައްދުވާފަރާތް އެއްގެއެއްގައި ދިރިނޫޅޭ ނަމަ، ރައްކާތެރިކުރުމުގެ އަމުރުގައި ކަނޑައަޅައިފައިވާ ކަންކަމުގެ އިތުރުން ރައްކާތެރިކުރުމުގެ އަމުރު ރައްދުވާ ފަރާތަށް ކުރުމަށް ނުވަތަ ނުކުރުމަށް ކޯޓަށް ލާޒިމުކުރެވިދާނެ ކަންކަމެވެ. އަދި އެފަދައިން ކޯޓުން ލާޒިމުކުރާ ކަމަކާ ޚިލާފުވެއްޖެނަމަ، އެ މީހަކު ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވީކަމަށް ބެލެވޭނެއެވެ.
31. ޚާއްޞަ ޝަރުޠު ހިމެނުން
ކޯޓަކުން ރައްކާތެރިކުރުމުގެ އަމުރެއް ނެރޭ ހިނދު، އެ އަމުރެއް ނެރެންޖެހުނު ޙާލަތަށް ރިޢާޔަތްކޮށް، އެ އަމުރަށް އެދިފައިވާ މީހާ އެދިފައިވާ ކަމެއްގެ އިތުރުން، މި މާއްދާގައި ބުނާ ޚާއްޞަ ޝަރުތެއް ހިމެނިދާނެއެވެ. އަދި އެ ފަދައިން ކޯޓުން ކަނޑައަޅާ ޚާއްޞަ ޝަރުތަކާ ޚިލާފުވެއްޖެނަމަ، އެމީހަކު ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވީކަމަށް ބެލެވޭނެއެވެ.
32. ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތު
މި މާއްދާއިން ރައްކާތެރިކުރުމުގެ އަމުރެއް ދެމިއޮންނަ މުއްދަތު ކަ ނޑައަޅައެވެ. ރައްކާތެރިކުރުމުގެ އަމުރެއް ނެރެވޭނީ އެންމެ ދިގުވެގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތު ކަނޑައަޅާނީ ދެފަރާތުން ދެއްކި ވާހަކަތަކަށާއި، ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ކޯޓުންނެވެ. އަދި ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތު ދިގުކުރަން އެދި ހުށަހަޅައިފިނަމަ މައްސަލައިގެ ބާވަތަށާއި ޙާލަތަށް ބެލުމަށްފަހު ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތު ދިގުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
33. ރައްކާތެރިކުރުމުގެ އަމުރަށް ބަދަލު ގެނައުން
މި ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރުމަށްފަހު، ރައްކާތެރިކަމުގެ އަމުރަށް އެދުނު ފަރާތް ނުވަތަ އެ އަމުރު ނިސްބަތްވާ ފަރާތް އެދިއްޖެނަމަ، އެ އަމުރު ނެރުނު ކޯޓަކުން އެ އަމުރަށް ބަދަލެއް ގެނެވިދާނެއެވެ. ކޯޓަކުން ރައްކާތެރި އަމުރެއް ނެރެދިންއިރު، އެ ވަގުތު އޮތް ޙާލަތަށް ބަދަލެއް އައިސްފިނަމަ ނުވަތަ ގެވެށި އަނިޔާގެ އިތުރު ޙާދިސާތަކެއް ހިނގައިފިނަމަ، އެ އަމުރަށް ބަދަލެއް ގެނައުމަށް ރައްކާތެރިކަމުގެ އަމުރަށް އެދުނު ފަރާތުން ނުވަތަ އެއަމުރު ރައްދުވާ ފަރާތުންވެސް އެދެވިދާނެއެވެ. ކޯޓުން ނެރެދީފައި ވާ ރައްކާތެރިކުރުމުގެ އަމުރު ދެމިއޮތްހައި ދުވަހަކު، އެ އަމުރަށް ބަދަލެއް ގެނައުމަށް އެދެވިދާނެއެވެ.
މިސާލު: ބޭބެއެއްގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސް، ޢަމަލުތައް ހުންނަ ގޮތުން އަދި ދައްކާ ވާހަކައިން ކޮއްކޮއަކަށް މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ (1)ވަނަ ނަންބަރުގައި ބުނާފަދަ ޖިސްމާނީ އަނިޔާއެއް ލިބިދާނެކަމުގެ ބިރަށްޓަކައި، ކޮއްކޮ ކޯޓުގައި ރައްކާތެރި އަމުރަކަށް އެދުމުން، ކޯޓުން އެ ފަދަ އަމުރެއް ނެރެދީފައިވަނިކޮށް، އެ ބޭބެ ކޮއްކޮގައިގާ ތަޅައި، އަނިޔާކޮށްފިނަމަ، މި ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތެއް ރައްކާތެރި އަމުރުގައި ހިމަނައި ދިނުމަށް ކޮއްކޮއަށް ކޯޓުގައި އެދެވިދާނެއެވެ.
34. ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތާއި އަމުރު ބާޠިލްކުރުން
ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ މީހާ ނުވަތަ ނިސްބަތްވާ މީހާއަށް އެ އަމުރު ބާތިލުކުރުމަށް އެ އަމުރު ނެރުނު ކޯޓަކަށް ހުށަހެޅިދާނެއެވެ. އެ ގޮތަށް ހުށަހަޅައިފިނަމަ، އެ ކޯޓަކުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެތޯ ބެލުމަށްފަހު، އެ ގޮތަށް އެ ކޯޓަކަށް ފެނިއްޖެނަމަ، އެ އަމުރު ބާތިލުކުރުމުގެ އިިްތިޔާރު އޮންނާނެއެވެ.
35. ރައްކާތެރިކުރުމުގެ އަމުރާ ޚިލާފްވުން
ރައްކާތެރިކުރުމުގެ އަމުރަކާ ނުވަތަ އަމުރުގެ ބަޔަކާ ނުވަތަ އަމުރުގައި ކުރުމަށް ބުނާ ކަމެއް ނުކޮށްފިނަމަ، ނުވަތަ ނުކުރުމަށް ބުނާ ކަމެއް ކޮށްފިނަމަ، އެ ޢަމަލަކީ ޖިނާއީ ކުށެއްކަމަށާއި އެ ކުށަށް އަދަބު މި މާއްދާއިން ކަނޑައަޅައެވެ. އަދި، އިސްވެ ބަޔާންކުރެވުނު ފަދައިން، ރައްކާތެރިކުރުމުގެ އަމުރަކާ ނުވަތަ އަމުރެއްގެ ބަޔަކާ ޚިލާފުވުމަށް ކުރާ ޢަމަލުގައި ޖިނާއީ އިތުރު ކުށެއްގެ ޢުންޞުރުތައް ހިމެނޭނަނަމަ، އެމައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ތަޙްޤީޤުކޮށް، އެހެނިހެން ޖިނާއީ މައްސަލަތަކެކޭ އެއްފަދައިން ކުރިއަށް ގެންގޮސް، އެ ޢަމަލެއް ކުށެއްކަމަށް ކަނޑައަޅާ ޤާނޫނެއް ގައި ބަޔާންކުރާ އަދަބު އެ މީހަކަށް ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. މީގެއިތުރުން، އެހެނިހެން ޖިނާއީ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރެވޭ މީހުންގެ މައްޗަށް ހިނގާ ބައެއް އުޞޫލުތައް ނުހިނގާނޭ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ފަރާތުގެ ހެކި ބަހުގެ މައްޗަށް އެކަނި ރިޢާޔަތްކޮށް، މިމާއްދާގެ (ހ) ބަޔާންކޮށްފައިވާފަދަ ކުށް އެކުށް ކުރާ މީހާގެ މައްޗަށް ސާބިތުވާކަމަށް ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއްގެ ތުހުމަތުގައި ބަންދުކުރާ މީހަކަށް ކަފާލާތުގެ އުޞޫލެއްވެސް ނުހިނގާނެއެވެ.
36. ހައްޔަރުކުރުމުގެ ބާރު
މި މާއްދާއިން ފުލުހުންނަށް ހައްޔަރުކުރުމުގެ ބާރުދެއެވެ. އެ ގޮތުން، ރައްކާތެރިކުރުމުގެ އަމުރަކާ ިިލާފުވާ މީހުންނާއި، ގެވެށި އަނިޔާއެއްގެ ޢަމަލު ހިންގާ މީހުންނާއި އެފަދަ ޢަމަލެއް ހިންގަފާނެކަމަށް ބެލެވޭ މީހުން ހިމެނެއެވެ. މީހަކު ހައްޔަރުކުރުމުގެ ބާރަކީ ފުލުހުންނަށް ލިބިގެންވާ އިިްތިޔާރީ ބާރެކެވެ. އެހެނީ، މީހަކު ހައްޔަރުކުރުމުގައި އެ މީހާ ކުރި ކުށުގެ ބޮޑު ކުޑަމިނަށާއި ކުށް ކުރި ޙާލަތްފަދަ ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ. މީގެ އިތުރުން، މި މާއްދާގައި ބުނާފަދަ މީހަކު ހައްޔަރުކުރަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެ ކަމާ ގުޅޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
37. ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދުން
މި ޤާނޫނުގެ ހަތްވަނަ ބައިގައި ބަޔާންކޮށްފައިވާ ރައްކާތެރިކުރުމުގެ އަމުރުކަށް ކޯޓުގައި އެދިފައިވަނިކޮށް، މި ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެދިނުމުގެ ކުރިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދިއްޖެނަމަ، ކޯޓުން އެ ފަދަ އަމުރެއް ނެރެދެވިދާނެއެވެ. ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ، މި ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އަމުރު ނިމުމަކަށް ނުގެންނަހާ ހިނދަކު ނުވަތަ އެ އަމުރު ނިސްބަތްވާ މީހަކު މައްސަލަ ހުށަނާޅާހާ ހިނދަކު މި ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ 3 މަސް ދުވަހުގެ މުއްދަތަށް ދެމިއޮންނާނެ އަމުރެކެވެ. އަދި ރައްކާތެރިކަމުގެ އަވަސް އަމުރެއް 3 މަސް ދުވަހަށް ދެމި އޮވެއްޖަނަމަ، އެ އަމުރަކީ ދާއިމީ އަމުރެއްކަމަށް ބެލެވޭނެއެވެ.
39. އަވަސް އަމުރު ނެރިވެދާނެ ޙާލަތުތައް
މި ޤާނުނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައްކާތެރިކަމުގެ އަވަސް އަމުރަކީ އެ އަމުރަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާ ހުށަހެޅުން ތަކަށް ރިޢާޔަތްކޮށް ނެރެވޭ އަމުރަކަށްވާހިނދު، މި މާއްދާގައި ބުނާ ޙާލަތެއް އޮތްކަން ދައްކައިދިނުމަކީ އަމުރަށް އެދި ހުށަހަޅާ ފަރާތުން ކުރަންވާނެކަމެކެވެ. އަދި އެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ހުށަހެޅުންތަކުން މި ޤާނޫނުގެ 40 ވަނަ މާއްދާގައި ބުނާކަންކަމަށް ރިޢާޔަތްކޮށް، މި މާއްދާގައި ބުނާފަދަ ޙާލަތެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެވިދާނެއެވެ.
41. އަވަސް އަމުރު ކުރުމުން، އަމުރު ނިސްބަތްވާ ފަރާތަށް ލިބިދޭ ޙައްޤުތައް
މި ޤާނޫނުގެ 37 ވަނަ މާއް ދާއިން އަވަސް އަމުރެއް ނެރުމުގައި ރިޢާޔަތްކުރާނީ ހަމައެކަނި އެއަމުރަށް އެދޭ ފަރާތުން ދައްކާ ވާހަކަތަކަށާއި ހުށަހަޅާހުށަހެޅުން ތަކަށާއި މި ޤާނޫނުގެ 48 ވަނަ މާއްދާގައި ވާކަންކަމަށް ކަމުގައިވީނަމަވެސް، އެ ފަދަ އަމުރެއް ނެރުމުން، އެ ފަދަ އަމުރެއް ރައްދުވާ ފަރާތަކަށް ކަންކުރެވޭނެ ގޮތް މިމާއްދާގައި ބަޔާންކޮށްފައިވެއެވެ. އަވަސް އަމުރެއް ރައްދުވާ ފަރާތުން މި މާއްދާގައި ބުނާ ހުށަހެޅުމެއް އޮތްނަމަ، ކޯޓަށް ހުށަހަޅައި، އެ ކަން ސާބިތުކޮށްދިނުމުގެ ފުރުސަތު އެފަރާތަށް މިމާއްދާއިން ލިބިދެއެވެ.
42. ޝަރީޢަތުގެ މަޖިލިސް ބޭއްވުން
ރައްކާތެރިކުރުމުގެ އަމުރަކަށް މީހަކު އެދިއްޖެހިނދު، އެފަދަ އަމުރެއް ރައްދުވާ ފަރާތުގެ ބަހެއް ކޯޓުން ހޯދުމަކީ އެކޯޓުގެ އިޚްތިޔާރުގައިވާ ކަމެކެވެ. ހަމައެކަނި ރައްކާތެރިކަމުގެ އަމުރަކަށް އެދޭ މީހާގެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ކޯޓަކުން ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
43. އަމުރުގެ ނަތީޖާ ބަޔާންކޮށްދިނުން
ރައްކާތެރިކުރުމުގެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން އަދި އެ ފަދަ އަމުރަކާ ިިލާފުވެއްޖެނަމަ، ޤާނޫނުގައި ކަންހިނގާނޭ ކަމަށް ބަޔާންކޮށްފައިވާ ގޮތް ކިޔައި ދިނުމަކީ އެއަމުރު ނެރުއްވާ ޤާޟީއެއް އެ އަމުރު ރައްދުވާ މީހާއަށް ސާފުކޮށްދޭން ޖެހޭނެ ކަންތައްތައްކަން މި މާއްދާގައި ބަޔާންކުރެއެވެ.
44. އަމުރުގެ ކޮޕީ ފޮނުވުން
ކޯޓަކުން ރައްކާތެރިކުރުމުގެ އަމުރެއް ކޮށްފިނަމަ، އެ އަމުރެއްގެ ކޮޕީ މި މާއްދާގައި ބުނާ ފަރާތްތަކަށް (މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ފެމިލީ ޕްރޮޓެކްޝަން އޭޖެންސީއަށް) ފޯރުކޮށްދިނުމަކީ އެ ކޯޓެއްގެ ރަޖިސްޓްރާ ކުރަންޖެހޭނެ ކަމެއްކަން މި މާއްދާއިން ވަރަށް ސާފުކޮށް އެނގެއެވެ.
45. އިސްތިއުނާފް ކުރުން
ޤާނޫނު ނަންބަރު 2010/22(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަ ނަ މާއްދާގެ (ހ) ގައިވާ ގޮތުން ކޯޓުތަކުން ނިންމާ އެންމެހައި ނިންމުންތައް ހައި ކޯޓުގައި އިސްތިޢުނާފު ކުރެވޭނޭއެވެ. ހައި ކޯޓަށް މައްސަލަ ހުށަހަޅަންވާނީ ހައިކޯޓުގެ ޤަވާއިދުގެ 29 ވަނަ މާއްދާގެ (ހ)ގެ (1)ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބުނާ މުއްދަތުގެ ތެރޭގައެވެ. މި ޤާނޫނުގައި ބަޔާންކޮށްފައި ނެތްނަމަވެސް، ޤާނޫނު ނަންބަރު 2010/22( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ނުވަތަ ނެރެފައިވާ އަމުރެއް ޤާނޫނަކާ ިިލާފުކަމަށް ޤަބޫލުކުރެވޭނަމަ، ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރެވިދާނެއެވެ. ހައިކޯޓަށް ހުށަހެޅޭ އެހެން މައްސަލަތަކެކޭވެސް އެއްފަދައިން ދަށުކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރަކާ މެދު ހިތްހަމަނުޖެހޭނަމަ، އަދި އެ އަމުރަކީ މާލޭ ކޯޓަކުން ނެރެފައިވާ އަމުރެއް ނަމަ، އެ އަމުރެއް 90(ނުވަދިހަ) ދުވަސް ތެރޭގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެއެވެ. އަދި އެ އަމުރަކީ މާލެ ފިޔަވައި އެހެން ރަށެއްގެ ކޯޓަކުން ނެރެފައިވާ އަމުރެއް ނަމަ، އެ އަމުރެއް 180(ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެއެވެ. އިސްވެބަޔާންކުރެވުނު ދުވަސްތައް ގުނާނީ ސަރުކާރު ބަންދުދުވަސްތައް ނުލައެވެ.
46. ތަފްރީޤް ކުރުން
އެމީހެއްގެ ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނެއްނަމަ، މި ޤާނޫނުގެ ހަތްވަނަ ބައިގާ ބުނާ ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމާއި އަށްވަނަ ބައިގާ ބުނާ އަވަސް އަމުރަކަށް އެދުމާއި، އެމީހަކާ މެދު ހިނގާފައިވާ ގެވެށި އަނިޔާގެ ޢަމަލަކީ ޖިނާޢީ ކުށެއްކަމުގައިވާނަމަ، އެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާރވިސަށް ހުށަހެޅުމުގެ އިތުރުން/ނުވަތަ އެ އަންހެނަކަށް އޭނާގެ ކައިވެނި ތަފްރީޤްކޮށްދިނުމަށް ފެމެލީ ކޯޓުގައި ނުވަތަ މެޖިސްޓްރޭޓް ކޯޓެއްގައި އެދެވިދާނެއެވެ. ތަފްރީޤްކޮށްދޭ ޙާލަތްތަކުގައި އަންހެނަކު ގެވެށި އަނިޔާގެ ޝިކާރައަކަށްވުން ހިމެނެއެވެ.
އަދި މި ޤާނޫނުގެ ދަށުން ތަފްރީޤުކުރުމަށް އެދިއްޖެނަމަ، އެ މައްސަލައެއް ޤާނޫނު ނަމްބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޞުލްޙަ ކުރުމުގެ އުޞޫލުތަކުން އިސްތިސްނާވާނެއެވެ.
47. ތަފްރީޤްގެ އަމުރު
މި ޤާނޫނުގެ ދަށުން ކައިވެންޏެއް ތަފްރީޤުކުރެވޭނެ ކަމުގެ އަމުރެއް ކޯޓުން ނެރުނުކަމުގައިވީނަމަވެސް އަދި އެ އަމުރު ނެރުނީ ޤާނޫނު ނަމްބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޞުލްޙަ ކުރުމުގެ އުޞޫލުތަކުން އިސްތިސްނާވާގޮތަށް ކަމުގައިވީނަމަވެސް، އެފަދަ އަމުރަކީ މިމާއްދާގައި ބަޔާންކުރާ ފަދައިން ޝަރުޢީ ޙުކުމެއްގެ ބަރުދަން ހިމެނޭ އަމުރެކެވެ.
48. ތަފްރީޤްކުރަން ހުއްދަ ޙާލަތްތައް
ތަފްރީޤުކުރުން ހުއްދަ ޙާލަތްތައްކަމުގައި މި ޤާނޫނުގެ ދަށުން ބެލެވޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކެވެ. ނަމަވެސް، މި ޤާނޫނުގެ ދަށުން ނޫންގޮތަށް ތަފްރީޤުކުރެވޭ ކައިވެނިތަކުގައި އިސްލާމީ ޝަރީއަތުގައި ތަފްރީޤުކުރެވޭނެ ކަމަށް ކަ ނޑައަޅާފައިވާ ޙަލާތްތަކުގެ މައްޗަށް ކައިވެނި ތަފްރީޤުކުރެވޭނެއެވެ.
49. ތަފްރީޤްކުރުމުގެ ނަތީޖާ
ޤާނޫނު ނަމްބަރު 2000/4 ( ޢާއިލާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގައި ފަސްިުކުރެވޭ ޙާލަތްތައްކަމުގައި ބަޔާކޮށްފައިވާ ޙާލަތްތަކުގެ އިތުރުން މި ޤާނޫނުގެ 48 ވަނަ މާއްދާގައި ބުނާ ޙާލަތެއް މެދުވެރިވެއްޖަނަމަވެސް، ފަސްޚުކުރެވޭނެއެވެ.
51. ލާމަރުކަޒީ ބައެއް އުސޫލުތައް
މި މާއްދާގެ ދަށުން މި ޤާނޫނު ތަންފީޒުކުރުމަށް ބާރު އެޅުމުގެގޮތުން، މި ޤާނޫނުގެ ތަންފީޒުކުރުމުގެ މަސްޢޫލިއްޔަތު ލޯކަލް ކައުސިލްތަކާ ޙަވާލުކުރުމުގެ އިިްތިޔާރު މިޤާނޫނުގެ 67 (ލ) ގައި ބަޔާންކޮށްފައިވާ މިނިސްޓަރަކަށް ލިބިގެންވެއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމަށާއި ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ މަސްޢޫލިއްޔަތު އުފުލުމަށް ކައުންސިލްތައް ކަ ނޑައަޅައި، މިކަންކަމާ ގުޅިގެން ކައުންސިލްތަކުގެ އިޙްތިސާސް ކަ ނޑައެޅުމުގެ އިޙްތިޔާރު މި މާއްދާއިން މިނިސްޓަރަށް ލިބިގެންވެއެވެ. އަދި މި ޤާނޫނުގެ ދަށުން ކައުންސިލްތަކަށް އެއްވެސް ބާރެއް ނުވަތަ ޒިން މާއެއް ޙަވާލުކުރެވޭނަމަ، އެ ކަންކަން ކައުންސިލުން ކުރިއަށް ގެންދާގޮތް މޮނީޓަރ ކޮށް ހެދުމަކީވެސް މިނިސްޓަރު ކުރަންވާނެކަމެކެވެ.
52. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އުފެއްދުން
މި މާއްދާއިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އުފެދި، ހިނގާނޭ ގޮތްތައް ބަޔާންކޮށްދެއެވެ. އަދި މި މާއްދާގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ޖަވާބުދަރީވާން ޖެހޭ މިނިސްޓަރުކަމަށް ބުނެފައި އެ ވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެކެވެ.
56. ބައެއް ތަފްސީލްތައް ހާމަނުކުރުން
މި ޤާނޫނުގެ ހަ ތްވަނަ ބައިގައި ބުނާ ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ މީހާގެ މަޢުލޫމާތު ހާމަކުރާނޭ އުޞޫލެއް ފެމިލީ ކޯޓުންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ކަ ނޑައެޅިދާނެއެވެ. އަދި އެއުޞޫލުގެ ދަށުން ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ރައްކާތެރިވެގެންވާ މީހާގެ މަޢުލޫމާތު ހާމަކުރެވިދާނެއެވެ. ރައްކާތެރިވެގެންވީ މީހާގެ މަޢުލޫމާތު ހާމަ ކުރުމަށް ކަ ނޑައަޅާ އުޞޫލުން، ރައްކާތެރިވެގެންވާ މީހާގެ ޙައްޤުތަކަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެއެވެ.
60. ދޮގު މައުލޫމާތުދިނުން
މި މާއްދާގެ ދަށުން ގެވެށި އަ ނިޔާގެ މައްސަލައަކާ ގުޅިގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން މަޢުލޫމާތަކަށް އެދުމުން، އެނގިހުރެ، ދޮގު މަޢުލޫމާތު ދީފައިވާކަން ހާމަވެއްޖެނަމަ، އެ މައްސަލައިގާ އެހެނިހެން ޖިނާއީ މައްސަލަތަކުގައި ކަންކުރެވޭ އުޞޫލުން ކަންކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހަޅަންވާނެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެ މައްސަލައާ ގުޅުން ހުރި މީހެއްގެ ފަރާތުން މަޢުލޫމާތު ސާފުކުރުމަށް އެދުމުން ނުވަތަ ސުވާލެއް ކުރުމުން، އެނގިހުރެ، ދޮގު މަޢުލޫމާތު ނުވަތަ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީފައިނުވާނަކަން ހާމަވެއްޖެނަމަ، އެ މީހެއްގެ މައްސަލަވެސް އެހެނިހެން ޖިނާއީ މައްސަލަތަކުގައި ކަންކުރެވޭ އުޞޫލުން ކަންކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސައަށް ހުށަހަޅަންވާނެއެވެ. އަދި، މި މާއްދާގެ (ހ) ގެ ދަށުން ދަޢުވާ އުފުލި، މި މާއްދާގެ (ށ) ގެ ދަށުން އަދަބު ކަ ނޑައެޅޭނެއެވެ.
61. އެހީތެރިވެދިނުން ލާޒިމްވުން
މި ޤާނޫނުގައި ބުނާ ކަމެއް ކުރުމަށް ނުވަތަ މި ޤާނޫނު ތަންފީޒުކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން މީހެއްގެ ކައިރިން އެދިއްޖެނަމަ، އޮތޯރިޓީއަށް އެއްބާރުލުން ދިނުމަށް މި މާއްދާގައި ބަޔާންކުރެއެވެ. މިޤާނޫނުގެ 14 ވަނަ މާއްދާގައި ފުލުހުންނަށް ދިނުމަށް ބަޔާންކޮށްފައިވާ އެހީތެރިކަން މި މާއްދާގެ ދަށުން އޮތޯރިޓީއަށް ދިނުމަށް މި މާއްދާއިން ލާޒިމުކުރެއެވެ.
62. ޢާންމު ކުށް
މި މާއްދާގެ ދަށުން، މި ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށް، އަދަބު ކަ ނޑައަޅާފައި ނުވާކަމެއް މީހަކު ކޮށްފިނަމަ، ނުވަތަ މި ޤާނޫނުން މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް ޙަވާލުކުރެވިފައިވާ މީހަކު، އެކަމެއް ކުރަން ކަ ނޑައަޅާފައިވާ ގޮތަށް ނުކޮށްފިނަމަ ނުވަތަ އެފަދަ ކަމެއް ނުކޮށް ދޫކޮށްލައިފިނަމަ، އެކުރެވެނީ މި މާއްދާގެ ދަށުން ޖިނާޢީ ކުށެކެވެ. އަދި އެފަދަކަމެއް ހިނގައިފިކަމަށް އެއްވެސް މުއައްސަސާއަކަށް ނުވަތަ ޢާންމު ފަރުދަކަށްވެސް އެނގިއްޖެ ހިނދު، އެހެނިހެން ޖިނާއީ މައްސަލަތަކުގައި ކަންކުރެވޭ އުސޫލުން ކަންކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަށް މައްސަލަ ހުށަހަޅަންވާނެއެވެ. އަދި މިފަދަ މައްސަލައެއްގައި ދަ ޢުވާ އުފުލޭނީވެސް އަދި އަދަބު ކަ ނޑައެޅޭނީވެސް މި މާއްދާގެ ދަށުންނެވެ.
64. ޤާނޫނީ ވަކީލެއްގެ އެހީ
ގެވެށި އަނިޔާގެ ޢަމަލެއް ފެމިލީ ކޯޓަށް ނުވަތަ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށްޓަކައި ނުވަތަ ގެވެށި އަނިޔާގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާރވިސަށް ހުށަހެޅުމަށް ނުވަތަ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓެއްގައި ވަކާލާތުކުރުމަށް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދިދާނެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލައެއް ރައްދުވާ ނުވަތަ ދަޢުވާ ލިބޭ މީހަކުވެސް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް މި ޤާނޫނެއް ހުރަހެއް ނާޅައެވެ. މީގެ އިތުރުން، މި މާއްދާގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ޤާނޫނީ ވަކީލެއް ހޯދުމުގެ އެހީތެރިކަން ހޯދުމުގެ ފުދުންތެރިކަން ނެތް ހިނދު، ދައުލަތުން ވަކީލަކު ފޯރުކޮށްދޭންވާނޭ ކަމަށް ފާހަގަކޮށްފައިވެއެވެ. މި މާއްދާގައި ދައުލަތްކަމަށް އެ ބުނަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއެވެ. އެހެންކަމުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ޤާނޫނީ ވަކީލެއް ހޯދުމުގެ ފުދުންތެރިކަން ނެތްނަމަ، ޤާނޫނީ ވަކީލަކު ހަމަޖައްސައި ދިނުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހު ށަހެޅިދާނެއެވެ. އަދި ވަކީލެއް ހަމަޖައްސައި ދިނުމަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ކުރަންޖެހޭނެކަމެކެވެ.
65. ޚަރަދު
މި މާއްދާ (ގެވެށި އަނިޔާގެ މައްސަލައަކީ، ދައުވާލިބޭ ފަރާތަށް އުނދަގޫ ކުރުމުގެ ގޮތުން ނުވަތަ ފުރައްސާރަކުރުމުގެ ގޮތުން ނުވަތަ އެކަށީގންވާ ސަބަބެއް ނުވަތަ ހެއްކެއްނެތި ހުށަހަޅާފައިވާ މައްސަލައެއްކަމަށް ކޯޓަށް ޤަބޫލުކުރެވިއްޖެނަމަ، އެމައްސަލައެއް ހުށަހެޅުމުގެ ސަބަބުން ހިނގަިދިޔަ ޚަރަދު ދިނުމަށް މައްސަލަ ހުށަހެޅި ފަރާތަށް އަމުރުކުރުން) ތަންފީޒު ކުރުމަކީ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅިފައިވާ ކޯޓަކަށް ލިބިގެންވާ އިިޚްތިޔާރީ ބާރެކެވެ. މައްސަލަ ހުށަހެޅި މީހާ ކަންކޮށްފައިވާ ގޮތަށާއި، މައްސަލައާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބަލައި، މައްސަލައެއް ހުށަހެޅުމާ ގުޅިގެން ދަޢުވާލިބޭ ފަރާތުން އުފުލާފައިވާ ތަކުލީފުތަކަށާއި އެމީހަކަށް ލިބުނު ގެއްލުންތަކަށްބަލައި، މި މާއްދާ ކޯޓުން ތަންފީޒުކުރެވިދާނެއެވެ.
66. ގަވާއިދު ހަދައި ހިންގުން
މި ޤާނޫނާ ގުޅިގެން ކޯޓުތަކުން އަދި ފުލުހުން ހަދާ ޤަވާޢިދުތައް ބައްޓަން ކުރަންވާނީ މި ޤާނޫނުން ކޯޓުތަކަށާއި ފުލުހުންނާ ޙަވާލުކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ އެކަށޭނެ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަކަށެވެ. އަދި މި ޤާނޫނު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެއްގޮތަކަށް، އެއްހަމައަކުން ތަންފީޒުކުރުމަށް، ހުރިހާ ކޯޓުތަކުންވެސް ޢަމަލުކުރާނޭ އެއްޤަވާޢިދެއް އޮތުން މުހިއްމެވެ. ކޯޓުތަކުން ތައްޔާރުކުރާ ޤަވާޢިދަކީ ފެމިލީ ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް އެއްހަމައެއްގައި ހިނގާނޭ އެއްގޮތްވާ ޤަވާޢިދަކަށް ވާންވާނެއެވެ.
67. މާނަކުރުން
މި މާއްދާގައި އަލިއަޅުވާލާފައިވަނީ، މި ޤާނޫނުގައި ބޭނުންކުރާ މުހިންމު އިބާރާތްތަކާއި ލަފްޒުތައް މާނަ ކުރާނޭގޮތަށެވެ. އެންމެ މުހިންމު މާނަކުރުމެއްކަމަށް ފެންނަން އޮތީ، މައްސަލަ ރިޕޯޓުކުރުން ދެނެގަންނަ ގޮތެވެ.
މައްސަލައެއް ރިޕޯޓުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސަށް ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ޙާޒިރުވުމުގެ އިތުރުން މުއާޞަލާތީ ކޮންމެ ވަޞީލަތެއްވެސް ބޭނުންކުރެވިދާނެއެވެ. މި ޤާނޫނުގެ މަފްހޫމަށް ބަލާއިރު، ޢާއިލާގެ މެންބަރަކު، ރައްޓެއްސަކު، ޤާނޫނީ ވަކީލަކު ނުވަތަ ރިޕޯޓުކޮށްދިނުމަށް އެއްބަސްވާ ކޮންމެ މީހަކު މެދުވެރިކޮށްވެސް ގެވެށި އަނިޔާގެ ޢަމަލެއްގެ ޝިކާރައަކަށްވާ މީހާ ނުވަތަ އެ ޢަމަލެއް ހިނގިތަން ދުށް ނުވަތަ ހިނގައިފިކަމަށް ޤަބޫލުކުރެވޭ މީހާއަށް ރިޕޯޓުކުރެވިދާނެއެވެ. ގެވެށި އަނިޔާގެ ހާދިސާއެއް ރިޕޯޓުކުރުމަށް ވަކި މުއްދަތެއް މި ޤާނޫނު ކަ ނޑައަޅާފައެއް ނުވެއެވެ. ގެވެށި އަނިޔާގެ ޙާދިސާއެއް ހިނގައިފިނަމަ ނުވަތަ ހިނގާފާނޭކަމަށް ޤަބޫލުކުރެވިއްޖެނަމަ، އެހާދިސާއެއް މޯލްޑިވްސް ޕޮލިސް ސާރވިސަށް ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ކޮންމެ ހިނދެއްގައިވެސް ރިޕޯޓުކުރެވިދާނެއެވެ.
ޤާނޫނު ނަންބަރު 91/9 ( ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު( ގެ 30 ވަނަ މާއްދާގެ (ހ) ގައި ކުޑަކުދިންކަމަށް ބުނެފައިވަނީ މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖެއްކަމަށެވެ. ގެވެށި އަނިޔާގެ ޙާދިސާއެއް ރިޕޯޓުކުރެވޭއިރު ކުއްޖަކަށް މީލާދީ ގޮތުން 18 އަހަރު ފުރިފައިވީނަމަވެސް، ގެވެށި އަނިޔާގެ ޙާދިސާއެއް ހިނގިއިރު، އެކުއްޖަކު 18 އަހަރު ނުފުރޭނަމަ، އެ މައްސަލައެއް ރިޕޯޓުކުރަންވާނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ކުޑަކުއްޖެއްކަމަށެވެ.